ރަށުބަންދު ހާލަތާ ހިލާފުވި މާޅެންދޫ ދެމީހަކު ހައްޔަރުކޮށްފި

ކޯވިޑް-19ގެ މި ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އިއުލާނުކޮށްފައިވާ ރަށު ބަންދު ހާލަތާ ހިލާފުވި ދެމީހަކު ނ. މާޅެންދޫން ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހަކާއި 2...

28 Apr 2020 | 07:52

ކޯވިޑް-19ގެ މި ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އިއުލާނުކޮށްފައިވާ ރަށު ބަންދު ހާލަތާ ހިލާފުވި ދެމީހަކު ނ. މާޅެންދޫން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ. އެއީ ދިވެހި ދެ ފިރިހެނެކެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ދެމީހުން ވަނީ ރޭ 12:53 ހާއިރު ނ. މާޅެންދޫ ޓާސްކްފޯހަށް ނޭނގި ކުޑަ ދޯންޏެއްގައި އެ އަތޮޅު ކެނދިކުޅުދޫއަށް ގޮސްފައެވެ. އެ ދަތުރު ކުރީ ދޯނީގެ ވެރިފަރާތުގެ ހުއްދައަކާ ނުލާކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އެމީހުން ހައްޔަރުކުރީ އެނބުރި މާޅެންދުއަށް ދިއުމުން މާޅެންދޫން ކަމަށެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް