ކޯވިޑް-19 ގެ މި ހާލަތުގައި ހާލުގައި ޖެހޭފަރާތްތަކަށް ހިޔާވެހިކަން ފޯރުކޮށްދިނުމަށް ހިރިޔާ ސްކޫލް ބޭނުންކުރަން ފަށައިފިއެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި މާލެއަށް އެކި ބޭނުންތަކުގައި އައިސް، އަދި ރިސޯޓުން އައިސް ލޮކްޑައުނާހެދި ރަށަށް ނުދެވި އުޅޭ، ތަނެއް ނެތި ކާނެ ގޮތެއް ނެތި ތިބި ފަރާތްތަކަށް ކައުންސިލުން ނިދުމާއި ކެއުން ހިރިޔާ ސްކޫލްގައި ހަމަޖައްސައިދޭން ފަށާފައިވާކަމަށެވެ. އެގޮތުން ނުވަ ފަރާތެއް، ރޭގައި އެ ސްކޫލަށް ބަދަލުކޮށްފައިވާކަން ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
https://twitter.com/MaleCitymv/status/1254871049214111746
މިކަމާއި ބެހޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ލޮކްޑައުން ހާލަތުގައި މާލެ ވަޑައިގެން ރަށަށް ނުދެވިވާ ފަރާތްތަކަށް ހުރުމާއި ކެއުން ވަކި ތަނެއްގައި ފޯރުކޮށްދޭން ފެށިފައިވާކަން ފާހަގަކުރައްވާކަމަށެވެ.
މީގެ ކުރިން މިފަދަ ހިޔާއެއްގެ ގޮތުގައި ތާޖުއްދީން ސްކޫލްވެސް މި ލޮކްޑައުން ހާލަތުގައި ބޭނުންކުރަން ފަށާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް