ބަލި ޖެހުނު އަމާޒު ބޯޓުގެ ކެޕްޓަނާއި ސީދާ ގުޅުން ހުރި 100 އަށްވުރެ ގިނަ މީހުން!

ކޯވިޑް-19 އަށް ޕޮސިޓިވްވި ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން އާއި ސީދާ ގުޅުން ހުރި101 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދ...

28 Apr 2020 | 00:33

ކޯވިޑް-19 އަށް ޕޮސިޓިވްވި ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން އާއި ސީދާ ގުޅުން ހުރި101 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ98 މީހުންނާއި އެކު ދަތުރު ކުރި އަމާޒު ބޯޓުގެ ކެޕްޓަނާއި ސީދާ ގުޅުން ހުރި މީހުންގެ ގޮތުގައި101 މީހަކު ދެނެގަނެވުނީ އެކިގޮތްގޮތުން އޭނާ އާއި ބައްދަލުވެފައިވާތީ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތައް ފެންނަމުންދާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެޕްޓަނާއި ސީދާ ގޮތުން ބައްދަލުވި މީހުންގެ ތެރެއިން މީހަކާ ބައްދަލުވި މީހެއްގެ ގައިންވެސް ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. އެހެންކަމުން ޖުމްލަ މިހާތަނަށް މި ކޭސް އާއި ގުޅުން ހުރި ހަ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަމުންދާތީ ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުންދާ ކަމަށެވެ.

އަދި އެމީހުން ތިބި ރަށްރަށުގެ ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ސާމްޕަލް ނަގަނީ އެ ހަ މީހުންގެ ކަމެއް ނުވަތަ ސީދާ ގުޅުން އޮތް101 މީހުންގެ ކަމެއް ވިދާޅެއް ނުވެ އެވެ.

މި ކޭސްއަކީ އަތޮޅު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު އޮތް ކޭސްއެއް ކަމަށް މީގެ ކުރިން އަފްޒަލް ވިދާޅުވެފައިވެ އެވެ.

ޑރ. ވިދާޅުވީ، މި ކޭސްއާ ގުޅިގެން ތިން އަތޮޅެއްގެ 14 ރަށެށްގައި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ށ. އަތޮޅުގެ ފަސް ރަށަކާއި ނ. އަތޮޅުގެ ފަސް ރަށަކާއި، ހއ. ގެ ދެ ރަށް އަދި ކުޅުދުއްފުށި ސިޓިއެވެ.

މީގެ އިތުރުން އެ ބޯޓުން ދަތުރުކުރި މީހުން ތިބި ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް