އާންމުންގެ މެދުގައި ފެތުރެމުންދާ ކޯވިޑް-19 ގެ ތިން ކޭސް އަކާއި ގުޅިގެން ތިން މިނިސްޓަރަކު އައިސޮލޭޓް ވާން ޖެހުނު ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ތިން މިނިސްޓަރުން ތިން ކޭސް އަކާއި ގުޅިފައިވަނީ އެކި ގޮތްގޮތަށް ކަމަށެވެ. އެ މިނިސްޓަރުންގެ ނަންތައް ހާމަ ނުކުރެއްވި ނަމަވެސް އެއް ކޭސްއަކީ އާންމުންނަށް އެނގޭ ކޭސްއެކެވެ.
މަބްރޫކް ވިދާޅުވީ މާލެއިން ޕޮސިޓިވްވި މީހަކާއި ސީދާ ގުޅުން ހުރި އަދި އަލާމާތްތައް ފެނުން މީހަކާއި މިނިސްޓަރަކާއި ސީދާ ބައްދަލުވެފައިވާ ކަމަށެވެ. އެހެންވެ މިނިސްޓަރު އަމިއްލަފުޅަށް ގޭގައި އައިސޮލޭޓް ވާން ނިންމެވި ކަމަށެވެ.
އެކަމަކު އެ މިނިސްޓަރާއި ބައްދަލުވި މީހާ ކޯވިޑަށް ނެގެޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ދެން މިނިސްޓަރަކަށް ގެއިން ނުނިކުމެވި ތާށިވީ ދިރިއުޅުއްވާ ގޭގެ އެހެން އެޕާޓްމަންޓެއްގައި ދިރިއުޅުނު މީހަކު ބައްޔަށް ޕޮސިޓިވްވެގެން އެ ގެ މޮނިޓަރިންއަށް ލުމާއި ގުޅިގެން ކަމަށެވެ. އެކަމާ އެއްވެސް ގޮތަކަށް މިނިސްޓަރާއި ގުޅުން ނެތް ކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ތިން ވަނަ ކަމަކަށް އިހުސާން ފިހާރައިގެ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮސިޓިވްވުމުން އެ ފިހާރައަށް ދިޔަ މިނިސްޓަރަކަށް ގޭގައި އައިސޮލޭޓްވާން އެޗްޕީއޭއިން އެންގި ކަމަށެވެ. އަދި މިހާތަނަށް އެމިނިސްޓްރުގެ ފަރާތްޕުޅުން ބަލީގެ ނިޝާނެއް ނުފެންނަ ކަމަށެވެ. އެކަމަކު ވަކި ބަޔަކަށްވީތީ ތަފާތުކޮށްފައި ނުވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އިހުސާން ފިހާރައަށް ގޮސްފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ. މަހުލޫފު އެތަނަށް ވަޑައިގެންނެވީ ޑެލިވަރީގެ ހިދުމަތަށް ޔޫތް މިނިސްޓްރީން ނެރުނު ވޮލެންޓްރިއަރުންނާއި އެކު މަސައްކަތް ކުރެއްވުމަށެވެ.
އިހުސާން ފިހާރައިގެ ދެ މުވައްޒަފުން ޕޮސިޓިވްވިކަން އެޗްޕީއޭއިން ހާމަކުރީ މަހުލޫފު އެތަނަށް ވަޑައިގެންނެވި ދުވަހު ނޫން އަނެއް ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް