ކޯވިޑް-19: އިތުރު ދިވެއްސަކާއި ބިދޭސީއަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 228އަށް

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު ދެމީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 228 އަށް އަރައިފިއެވެ. ފަހުން ޕޮޒިޓިވްވެފައިމިވަނީ 33 އަހަރުގެ ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ރައްޔިތެކެވެ. މީ ކޭސް 227 އ...

27 Apr 2020 | 23:07

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު ދެމީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 228 އަށް އަރައިފިއެވެ.

ފަހުން ޕޮޒިޓިވްވެފައިމިވަނީ 33 އަހަރުގެ ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ރައްޔިތެކެވެ. މީ ކޭސް 227 އަދި 228 އެވެ.

މި ދެ ކޭސްގެ މައުލޫމާތު އެޗްޕީއޭއިން އަދި ޓްވީޓްކޮށްފައެއް ނުވެއެވެ. ނަމަވެސް ކޯވިޑް-19ގެ ޑޭޝްބޯޑްގައި މި ދެކޭސްގެ މައުލޫމާތު ހިމަނާފައިވެއެވެ.

މި ދެ ކޭސްގެ ތެރެއިން ދިވެހި މީހާ ނިސްބަތްވަނީ އެމްއެޗްއެފް ކްލަސްޓާއަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޕޮޒިޓިވްވި ބިދޭސީމީހާއާއި ކްލަސްޓާއަކާ ގުޅުވާފައެއް ނުވެއެވެ. މި ދެމީހުންނަކީވެސް ފިރިހެނުންނެވެ.

ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް