އެޗް.ޑީ.ސީގެ ޔުނިޓްތަކުގައި ސޭލްސް އެޖެންޓުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ފަރާތުން އެކި ބޭނުންތަކަށް އިމަރާތް ކޮށް ތަރައްޤީ ކުރާ ޔުނިޓްތަކަށް، އެ ކޯޕަރޭޝަނާއި ގުޅިގެން މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މަސ...

28 Mar 2021 | 16:10

ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ފަރާތުން އެކި ބޭނުންތަކަށް އިމަރާތް ކޮށް ތަރައްޤީ ކުރާ ޔުނިޓްތަކަށް، އެ ކޯޕަރޭޝަނާއި ގުޅިގެން މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދު ރަސްމީކޮށް އިފްތިތާޙް ކުރެވިގެން ދިޔަ ފުރުޞަތުގެ އެއްމެ ބޮޑު އެއް ބޭނުމަކީ، މި ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ މީހުން އުފެއްދުމާއި، މިގޮތަށް މަސައްކަތް ކުރާ ނެ ފުރިހަމަ ޕްލެޓްފޯމްއެއް ޤާއިމުކޮށްދިނުން ކަމަށް އެޗްޑީސީއިން ބުނެއެވެ.

ސޭލްސް އެޖެންޓުންގެ ގޮތުގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުނަށް 28 މާރިޗު 2021 އިން ފެށިގެން 15 އޭޕްރީލް 2021 އަށް އެޗްޑީސީއިން ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.

މިގޮތުން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކުން ރަޖިސްޓްރީ ވުމަށް ފީ އެއްގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ޙާއްޞަ އަހައްމިއްޔަތު ކަމެއް ދިނުމުގެ ގޮތުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާއެވެ.

މިފަހަރުގެ ޕްރޮގްރާމްގެ ދަށުން ހިންގޭ ތަމްރީންގައި ބައިވެރިވެ އެސެސްމެންޓްގެ އެއްމެ މަތިން މާކްސް ހޯ ދާ 10 ފަރާތަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވާކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

ތަމްރީންތަކުގެ އިތުރުން، އެ ފަރާތްތަކުން ވިއްކާ ޔުނިޓްތަކަށް ކޮމިޝަން އެއް ދިނުމަށް ވެސް  ހަމަޖެހިފައި ވެއެވެ. އިމާރާތް ކުރުމުގެ ދާއިރާއަށް ހުނަރުވެރި ގިނަ ބަޔަކު ނެރި، ވިޔަފާރި ކުރުމަށް ފަހި ފުރުޞަތުތަކެއް ކުރިމަގުގައިވެސް ފަހިކޮށް ދިނުމަކީ އަމާޒެއް ކަމަށް އެޗްްޑީސީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް