ފ.ބިލެތްދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލު ކޮށްފައި ވަނީ އިނާކޯ ޕްރައިވެޓް ލިމިޓެޑާއެވެ.
https://twitter.com/MoEdumv/status/1376121457470631937
އެގޮތުން މި އެގްރިމެންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. އަދި އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝަމީމެވެ.
300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވިގެން ދިޔަ މި މަޝްރޫޢުއަކީ 8,292,714.64 (އަށްމިލިއަން ދެލައްކަ ނުވަދިހަދެހާސް ހަތްސަތޭކަ ސާދަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) އަށް، އިނޯކާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކުރެވުނު މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް