އާރްޑީސީ އިން ބ އަތޮޅު ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރަނީ

ބ އަތޮޅު ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް ޔޫތް އެންޓް ސްޕޯޓްސް އާއެކު ރޯޑްޑިވިލޮޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން މިއަދު ސޮއިކޮށްފިއެވެ. އާރުޑީ...

28 Mar 2021 | 16:03

ބ އަތޮޅު ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް ޔޫތް އެންޓް ސްޕޯޓްސް އާއެކު ރޯޑްޑިވިލޮޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން މިއަދު ސޮއިކޮށްފިއެވެ.

އާރުޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝުހާދުއެވެ. އަދި

ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ.

https://twitter.com/rdcmaldives/status/1376118551287754762

ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ތިން ރަށަކީ ބ. ދަރަވަންދޫއާއި ތުޅާދޫ ގެ އިތުރުން ކެންދޫގައެވެ.

މީގެ ތެރެއިން ބ ދަރަވަންދޫ އަދި ބ ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 2.2 މިލިއަން ރުފިޔާއަށެވެ. އަދި ބ ކެންދޫ ފުޓޫބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 1.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢާ ބެހޭގޮތުނއ 'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ބ. ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ، މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުުދު ފުޅުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށާއި، މިކަމަށް ހާއްސަކޮށްގެން ދަރަވަންދޫގައި ބިމެއް ހުސްކުރެވިފައި ވާ ކަމަށެވެ.

1160  މީހުންގެ އާބާދީ އޮންނަ ދަރަވަންދޫގައި ފުޓްސެލް ދެ ދަނޑު މިހާރުވެސް އެޅިފައި ވެއެވެ. އެހެން ނަމަވެސް މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ނިމުުމުން، ރާއްޖެއިން ބޭރަށް ދާ ޓީމްތައް އެތަނުގައި ސްޓޭޝަން ކޮށްގެން ތިބުމަށް ރަނގަޅު ލޮކޭޝަން އަކަށް ވެގެން ދާނެ ކަމަށެވެ.

މިކަމާ ބެހޭގޮތުން ބ.ކެންދޫ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް ވިދާޅުވީ، ކެންދޫއަކީ ފުޓްސެލް ދަނޑެއް ވެސް ނެތް ރަށެއްކަމަށް ވާތީ، މި މަސައްކަތް ވެގެންދާނީ ޒުވާނުންނަށް ލިބިގެންދާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

އަލަށް އެޅިގެންދާ ދަނޑަކީ ކުޑަ ދަނޑަކަށް ވުމުނެ، އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފުނު ނަމަވެސް، މިއީ ރަށުގެ ޒުވާނުންނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރިމަގަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް