އދ.އަތޮޅުގެ ސްކޫލްތަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢުގެ ދަށުން, އދ.އަތޮޅު ކައުންސިލްގެ އިދާރާ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
https://twitter.com/MoEdumv/status/1376092007865622535
މި މަޝްރޫޢުއަކީ، އދ.އަތޮޅުގައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސްކޫލްތަކުގެ ފުރާޅުގައި ސޯލަރ ޕެނަލް ހަރުކޮށް، ސަރުކާރުން އެކުލަވާލެވިފައިވާ ފެހި ހަކަތައިގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އިޢާދަކުރަނިވި ހަކަތަ އދ.އަތޮޅުގެ ސްކޫލްތަކަށް ފޯރިކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މީގެ އިތުރުން، މި މަޝްރޫޢުއަކީ ތިމާވެށި ޙިމާޔަތްކުރުމާ އެކު އދ.އަތޮޅު ކައުންސިލަށް ލިބޭ އާމްދަނީ އިން ސްކޫލްތަކުގައި ހިންގާ އެކިއެކި މަޝްރޫޢުތަކާއި ސްކޫލްތަކުގެ އާބާތުރަފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެއެވެ.
'ދުވަސް' އަށް މައުލޫމާތު ދެއްވަމުން އދ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ނަޞީރު ވިދާޅުވީ، އދ އަތޮޅުގެ ތިން ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކުރުކުގެ މަސައްކަތަކީ ސީދާ އދ އަތޮޅު ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށެވެ.
އެގޮތުން މި މަސައްކަތް ކުރިއަށްދާނެ ތިން ސްކޫލަކީ، އދ އަތޮޅު ތައުލީމީ މަރުކަޒާއި އދ. ދަނގަތީ ސްކޫލްގެ އިތުރުން އދ. ފެންފުށީ ސްކޫލެވެ.
ސްޓެލްކޯގެ އެހީގައި ހަރުކުރެވިގެންދާ މި ސޯލަރ ޕެނަލްގެ ސަބަބުން ކަރަންޓު ހަރަދު މިހާރަށް ވުރެ ކުޑަވެ، އެ ފައިސާ ސްކޫލްތަކުގެ އެހެނިހެން ކަންކަމަށް ހަރަދު ކުރެވޭނެ ކަމަށް ނަޞީރު ވިދާޅުވިއެވެ. މިއީ ސްކޫލްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނަޞީރު ފާހަގަ ކުރެއްވިއެވެ.
ސްކޫލްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް އިންސްޓޯލް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއެކު އެމްއޯޔޫގައި ސޮއިކުރެވުނީ 10 އަހަރު ދުވަހަށް ކަމަށާއި، އދ އަތޮޅުގެ ބާކީ ހުރި ތަށްތަކުގައި ލަހެއް ނުވެ މި މަސައްކަތް ކުރެވޭނެ ކަމަށް ނަޞީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް