އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 273،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ހާމަކޮށްފިއެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހުގެ ވޯޓާސް ލިސްޓުގެ އަދަދަކީ 273،128 މީހުން ކަމަށެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިޚާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުން ކަމަށް ވިދާޅުވި އެވެ.
https://twitter.com/ShareefRangondi/status/1376083914540732420
މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި އިންތިޚާބު ފަސްވެފައިވަނީ ކޯވިޑު-19 އާ ގުޅިގެންނެވެ. އެކި ތާރީޚުތައް ހަމަޖައްސައި ފަސްކުރަމުން، މިހާރު އަންނަނީ އަންނަ މަހުގެ 10ގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ..
ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ. އިންތިޚާބުގައި މިހާރު ވާދަކުރަނީ 3،934 ކެންޑިޑޭޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް