ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ. މި މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ އަލީ ރަޝީދެވެ. އަލީ ރަޝީދު ވަނީ އެސިސްޓެންޓް ކޮމިޝަނަރ އެއްގެ ގޮތުގައި 11 އަހަރަށްވ...

28 Mar 2021 | 09:29

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ. މި މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ އަލީ ރަޝީދެވެ.

އަލީ ރަޝީދު ވަނީ އެސިސްޓެންޓް ކޮމިޝަނަރ އެއްގެ ގޮތުގައި 11 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައެވެ. އަދި 25 އަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޚިދުމަތް ކުރައްވާފައި ވެއެވެ.

އަލީ ރަޝީދު މިހާރު ހުންނެވީ  އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތައް ބެލެހެއްޓުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.

https://twitter.com/M_Hameedh/status/1376095975261892611

ޝަރީއާ އެންޑް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ އަލީ ރަޝީދު ކުރިން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.

މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި މީގެ ކުރިން ހުންނެވީ އަބްދުލް މަންނާން ޔޫސުފް އެވެ. އަލީ ރަޝީދު އައްޔަން ކުރެއްވުމާއެކު މިހާރު ޑެޕިއުޓީ ކޮމިޝަނަރގެ ގޮތުގައި ތިއްބަވާނީ އަލީ ރަޝީދުއާއި އަބްދުލް މަންނާން ޔޫސުފެވެ.

މަންނާން މި މަޤާމަށް ޕްރޮމޯޓް ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރ 19 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް