އޭ ލެވެލް އަވަސްކުރުމުން ލުޔެއް ދިނުމަށް އެޗްއެސްސީ އިމްތިހާނު އެއް މަސް ފަހަށް

މޭ/ޖޫންގެ އެޑެކްސެލްއިން އޭ ލެވެލް އިމްތިހާނު އެޕްރީލް ފަހު ކޮޅަށް އަވަސްކުރުމުން ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން އެޗްއެސްސީ އިމްތިހާން މަހަކަށް ފަސްކުރަން އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ނިންމ...

28 Mar 2021 | 07:31

މޭ/ޖޫންގެ އެޑެކްސެލްއިން އޭ ލެވެލް އިމްތިހާނު އެޕްރީލް ފަހު ކޮޅަށް އަވަސްކުރުމުން ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން އެޗްއެސްސީ އިމްތިހާން މަހަކަށް ފަސްކުރަން އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މި ގޮތަށް ނިންމީ ކުރިން ވެސް ކަނޑައަޅާފައި އޮތް ގޮތަށް އޭ ލެވެލް ބޭއްވޭތޯ އެޑެކްސެލްއާ އެކު ކުރި މަޝްވަރާތަކުން އަލި މަގެއް ނުފެނުމުން ކަމަށް އެ މިނިސޓްރީން ބުނެއެވެ.

ކުއްލި ގޮތަކަށް އޭ ލެވެލް އެޑެކްސެލްއިން އިމްތިހާން އަވަސް ކުރުމާއެކު ދަރިވަރުންނާއި ބެލެނިވެރިން ދަނީ ކަނ1ްބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތައް މީސްމީޑިޔާގައި ހިލާލުމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޑެކްސެލުން އޭ ލެވެލް އިމްތިހާން އަވަސްކުރަން ނިންމީ މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ)އާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ.

ކޯވިޑް-19 ރޯގާ ހަލުއިކަމާއެކު ފެތުރެމުންދާތީ، އޭ ލެވެލް އިމްތިހާން އަންނަ މެއި/ޖޫންގައި ނުބާއްވާނެކަން އެޑެކްސެލް އިން މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންގި އެވެ. އެކަމަކު ރާއްޖެއިން ކުރި މަސައްކަތާ އެކު މެއި/ޖޫންގައި އިމްތިހާން ބާއްވަން ނިންމައި އަދި ފަހުން އޭޕްރީލް މަހަށް އިމްތިހާން ބަދަލުކުރީއެވެ.

މިދިއަ އަހަރު ރާއްޖޭގައި އޯ ލެވެލް ވެސް އަދި އޭ ލެވެލް އިމްތިހާން ވެސް ބާއްވާފައެއް ނުވެ އެވެ.

އެޗްއެސްސީ އިމްތިހާނު ބާއްވަން މީގެ ކުރިން ހަމަޖެއްސީ، އޭ ލެވެލް ބާއްވާތާ ދެ ހަފުތާ ފަހުންނެވެ. އެކަމަކު މިހާރު އެ މުއްދަތު ވަނީ އެއް މަހަށް ފަސްކޮށް، އަންނަ ޖޫން 13-17އާ ދެމެދު ބާއްވަން ފަސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް