ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފި

ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް 24 މާރޗް 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް  ގެންދެވިފައި ވާނެ ކަމަށްއެމްޓީސީސީންބު...

28 Mar 2021 | 06:18

ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް 24 މާރޗް 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް  ގެންދެވިފައި ވާނެ ކަމަށްއެމްޓީސީސީންބުނެފިއެވެ.

އަދި ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %58 މިހާރުވަނީ ނިމިފައެވެ. މި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.

މި މަޝްރޫޢުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމަށް ހަމަޖެހިފައި ވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ ދަށުން، 4000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

މީގެ އިތުރުން، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަސައްކަތުގައި ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން ފޯކައިދޫގައި ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރެވިގެން ދާނެއެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 52.7 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް