އަންހެނުން އަދި ފިރިހެނުންވެސް، އެމީހުންގެ ބައިވެރިޔާއާ ދެމެދުގައި އުމުރުގެ ފަރަގެއް ވާނަމަ، އުފާވެރިކަންާ ބޮޑުތޯ ބެލުމަށް ދިރާސާތަކާއި ރިޕޯޓްތައް ހެދިފައި ވެއެވެ.
މި ފަހަކަށް އަހިސް، ދެމަފިރިންގެ އުމުރު ކައިރިކޮށް ތިބޭ މީހުނަށްވުރެ، އުމުރުގައި ފަރަގު އުޅޭ މީހުން މާ ލޯބިން އުޅޭކަން ފާހަގަ ވެއެވެ. ނަމަވެސް ގިނަ ފަހަރަށް އުމުރުގެ ތަފާތު ބޮޑު ބައިވެރިއަކާ އެކުގައި އުޅޭނަމަ މީހުންގެ ފާޑުކިއުމާއި ގޮތްކިޔުން ވަރަށް ބޮޑެވެ. އަދި ވަކިން ޚާއްޞަކޮށް މީސްމީޑިޔާގައި މިހާރު އެކަމަކީ އާއްމު ކަމެކެވެ.
ވެންގް-ޝެންގް ލީ އަދި ޓެއްރާ ވަނީ ދެމަފިރިންގެ އުމުރު ތަފާތު ވުމުން ކައިވެންޏަށް ކުރާ އަސަރާމެދު 2018 ވަނަ އަހަރު އިންވެސްޓިގޭޝަން އެއް ހަދާފައެވެ.
އެގޮތުން އެ ދިރާސާއިން ދައްކާގޮތުގައި ފިރިހެނުންނަށް އުމުރުން ހަގު އަންހެނުން ލިބޭނަމަ އެމީހުންގެ އުފާވެރިކަން މާ ބޮޑުވެއެވެ. އަދި އަންހެނުންގެ ތެރެއިން، އުމުރުން ހަގު ފިރިހެނުން ލިބޭ މީހުންގެ އުފާވެރިކަން މާ ބޮޑުވެއެވެ.
އުމުރު ތަފާތު މީހުންގެ ކައިވެނީގެ ހަޔާތް އުފާވެރިކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނަމުން އަންނައިރު، އުމުރުން ދޮށީ ފިރިހެނުން، އެމީހުންނަށްވުރެ ހަގު އަންހެނުންނާ އެކުގައި އުޅޭއިރު މާ ހިތްހަމަ ޖެހުނު ކަމުގައި ވިޔަސް، ބައެއްފަހަރު އުމުރުން ދޮށީ އަންހެނުންނަށް އެމީހުނަށް ވުރެ ހަގު ފިރިހެނުންނާއެކު އުޅެން އެހާ ކަމަކު ނުދެއެވެ.
ކައިވެނީގެ އުމުރު ދިގުވުމާ ބެހޭގޮތުން ލިޔެފައިވާ ފޮތެއްގައި ވާގޮތުން ފަސް އަހަރުގެ އުމުރު ފަހަރު ތިބޭ މީހުން، 'ބްރޭކްއަޕް' އަކަށް ދިއުމުގެ 18 އިންސައްތަ ފުރުސަތު އޮވެއެވެ. ނަމަވެސް އުމުރުގައި10 އަހަރުގެ ތަފާތު ހުންނަ ނަމަ، އެ އިންސައްތަ39އަކަށް މަތިވެއެވެ.
އުމުރުގެ ތަތާފު މީހުން ލޯބިން ދިރިއުޅުން ވޭތުކުރާތަން ގިނަ ބަޔަކު ދެކެމުން ދެއެވެ. ނަމަވެސް އުމުރުގެ ތަފާތު ހުންނަ ބައިވެރިއަކާ އެކުގައި އުޅޭއިރު، ދޮށީ އުމުރުގެ މީހާއަށް ސިއްހީ މައްސަލަތައް ދިމާވުމުން، އެއީ ދެމީހުން ވެސް ސްޓްރެސް ވާ ކަމަކަށް ވެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް