އިސްލާމީ މަރުކަޒު ފިޔަވައި އެހެން ހުރިހާ ތަނެއްގައި މިއަދުވެސް ވެކްސިން ދޭނެ

މާލެ ސަރަހައްދުގައި، އިސްލާމީ މަރުކަޒު ފިޔަވައި އެހެން ހުރިހާ ތަނެއްގައި މިއަދުވެސް ވެކްސިން ދޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 10 އަހަރާ 60 އަހަރާ ދެމެދުގެ މީހު...

28 Mar 2021 | 04:23

މާލެ ސަރަހައްދުގައި، އިސްލާމީ މަރުކަޒު ފިޔަވައި އެހެން ހުރިހާ ތަނެއްގައި މިއަދުވެސް ވެކްސިން ދޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 10 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް ވެކްސިން ޖެހުން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒްގެ ގޮތުގައި މިހާރު ރާއްޖޭގައި ދެމުން އަންނަނީ ސިނޮފާރމް ވެކްސިންއެވެ.

އާންމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިން ދެމުން ދަނީ، އިސްލާމީ މަރުކަޒު ފިޔަވާ، މީގެ ކުރިންވެސް ވެކްސިން ދެމުން އަހިސްފައިވާ ސެންޓަރު ތަކުގައެވެ.

އެގޮތުން ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކް، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ސޯޝަލް ސެންޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރުން ސެނެހިޔާގައި ވެސް ވެކްސިން ދިނުން ކުރިއަށް ދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ވަނީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައި އެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެ ރާއްޖޭގައި 2434 މީހަކަށް ވެކްސިން ދީފައިވެއެވެ. އޭގެތެރެއިން 1016 މީހަކަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށްރަށުން 1418 މީހަކަށް އިއްޔެ ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި ކޯވިޑަށް ވެކްސިން ދިން އަދަދު މިހާރު ވަނީ 230،130 އަށް އަރާފައި އެވެ. އެއީ މާލެ ސަރަހައްދުން ޖުމްލަ 128،293 އަދި ރަށް ރަށުން 101،837 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް