ކޯވިޑް-19: ސަފާރީން އަދި ތިން ރިސޯޓަކުން ހެދި ޓެސްޓް ނެގެޓިވް

ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތްކެއް ހުރެގެން ތިން ރިސޯޓެއް އަދި އެއް ސަފާރިއްކުން ނެގި ސާމްޕަލްތްކުގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އި...

28 Mar 2020 | 17:43

ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތްކެއް ހުރެގެން ތިން ރިސޯޓެއް އަދި އެއް ސަފާރިއްކުން ނެގި ސާމްޕަލްތްކުގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު، ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް، ޖޭ.އޭ. މަނަފަރު މޯލްޑިވްސް ރިސޯޓު އަދި މާހާ ސަފާރީން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިވާކަމަށެވެ.

އެގޮތުން، މިރަށްތަކާއި ސަފާރީ މޮނިޓަރިންގެ ހާލަތުން ވަނީ ނެގިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

https://twitter.com/HPA_MV/status/1243933054512447488

ހަކުރާ ރިސޯޓް އަދި ކޮދިއްޕަރު ރިސޯޓުން ބަންދުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެ ދެ ރިސޯޓުން ކޯވިޑް-19 އަށް ޝައްކުކުރެވޭ ދެ ބިދޭސީން ފެނިގެނެވެ. މަނަފަރު ރިސޯޓް ބަނދު ކުރީ މިދިޔަ ބުދަ ދުވަހު ދިވެއްސެއްގެ ގައިން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތް ތަކެއް ފެނުމާ އެކުގައެވެ. މާހާ ސަފާރީ މޮނިޓަރިންގެ ހާލަތަށް ގެނެސް ފައިވަނީ މިދިޔަ އަންގާރަ ދުވަހު އެ ސަފާރީން ކޯވިޑް-19 އަށް ޝައްކުކުރެވޭ ބިދޭސީއެއް ފެނުމުންނެވެ.

ރާއްޖެއިން މިހާތަނަށް 16 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު އޭގެތެރެއިން 11 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް