އާތު އަވަރ: ސިއްހީ ހިދުމަތްތެރީންގެ އަގުވަޒަންކޮށް މިރޭ މުޅި ގައުމު އަތްތިލަބަޑިން ގުގުމާލަމާ ހިނގާ

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނައިރު އަހަރެމެން ގޭގައި މަޑުކޮށްލާށޭ ބުނެ ފުރާނަ އަތްމައްޗަށް ލައިގެން ކުރީ ސަފުގައި ތިބީ ސިއްހީ ހިދުމަތްތެރީންނެވެ. މުޅި ދުނިޔެއިން...

28 Mar 2020 | 13:31

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނައިރު އަހަރެމެން ގޭގައި މަޑުކޮށްލާށޭ ބުނެ ފުރާނަ އަތްމައްޗަށް ލައިގެން ކުރީ ސަފުގައި ތިބީ ސިއްހީ ހިދުމަތްތެރީންނެވެ.

މުޅި ދުނިޔެއިންވެސް އަދި މި ކުޑަ ކުޑަ ދިވެހި ރާއްޖެއިންވެސް މިއަދު ފެންނަ މަންޒަރަކީ މިއީއެވެ.

މިއަދަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގައި ފާހަގަކުރަމުން އަންނަ އާތު އަވަރ ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައިވެސް މި ދުވަސް މިފަހަކަށް އައިސް ކުލަގަދަ ގޮތެއްގައި އަންނަނީ ފާހަގަކުރަމުންނެވެ.

މި ދުވަސް މި ފަހަރުވެސް ފާހަގަކުރުމަށް އާތު އަވަރ މޯލްޑިވްސް އިން މިވަނީ ނިންމާފައެވެ.

އާތު އަވަރ މޯލްޑިވްސް އިން ކޮށްފައިވާ ޓްވީޓެއްގައި އެދިފައިވަނީ މިރޭ 08:30 ގައި ލައިޓްތައް ނިއްވާލުމުގެ އިތުރުން، ކޯވިޑް-19ގައި ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރީންނާއި ގައުމީ ހިދުމަތްތެރީންގެ އަގުވަޒަންކޮށް އަތްތިލަބަޑި ޖަހާލުމަށެވެ. އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

އާތު އަވަރ މޯލްޑިވްސް އިން މި އަހަރުގެ މި އިވެންޓް ކުރިއަށް މި ގެންދަނީ އުރީދޫ މޯލްޑިވްސް އާއި ދަ ސްކައުޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެންނެވެ.

https://twitter.com/EarthHourMV/status/1243875880297889792

މިއީ ގޭގައި ތިބެގެން އަހަރެމެން އެންމެންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހިދުމަތްތެރީންގެ އަގު ވަޒަން ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ. ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަންކޮށް މިރޭ މުޅި ގައުމު އަތްތިލަބަޑި ޖަހާލަމާ ހިނގާށެވެ. އަތްތިލަބަޑިން ގައުމު ގުގުމާލަމާ ހިނގާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް