ކޯވިޑް-19: ފުރިފަހުން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި 39 މީހުންގެ ތެރެއިން 10 މީހަކު ހޯމް އައިސޮލޭޝަނަށް

ފުރުވާލި ފަހުން ޕޮޒިޓިވް ވިކަން އެނގުނު އިޓަލީގެ ދެ ފަތުރުވެރިންނާ ކޮންޓެކްޓްވި ކަން ފާހަގަވީ 39 މީހެއްގެ ތެރެއިން 10 މީހަކު ގޭގައި ހޯމް އައިސޮލޭޝަންގައި ތިބެން އަންގާފައިވާނެ ކަމުގައި ކޯވިޑް-19ގެ ތަރ...

28 Mar 2020 | 13:15

ފުރުވާލި ފަހުން ޕޮޒިޓިވް ވިކަން އެނގުނު އިޓަލީގެ ދެ ފަތުރުވެރިންނާ ކޮންޓެކްޓްވި ކަން ފާހަގަވީ 39 މީހެއްގެ ތެރެއިން 10 މީހަކު ގޭގައި ހޯމް އައިސޮލޭޝަންގައި ތިބެން އަންގާފައިވާނެ ކަމުގައި ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ ކޯވިޑް-19އާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މަބްރޫކް ފާހަގަކުރެއްވި ގޮތުގައި އެ 39 ފަރާތް ދެނެގަނެވިފައިވަނީ ކުރިއަށްގެންދެވުނު ކޮންޓެކްޓް ޓްރޭސިންގ ޕްރޮސެސްގެ ތެރެއިން ކަމަށެވެ.

ފުރުވާލި ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވިކަން އެނގުނު ދެ ފަތުރުވެރިންނަކީ އައިލެންޑް ސަފާރީން ކޮރެންޓީނު ކުރި އިޓަލީގެ ދެ ފަތުރުވެރިންނެވެ. އެ ދެ ފަތުރުވެރިން ފުރުވާލާފައިވަނީ 14 ދުވަހުގެ ކޮރެންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު ކަމުގައި އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ނަމަވެސް ފުރުވާލުމުގެ ކުރިންވެސް ޓެސްޓް ކުރީ މިހާރު އަމަލުކުރަމުންދާ ޕޮލިސީއަށް ބަދަލެއް ގެންނަންޖެހޭތޯ ބެލުމުގެ ގޮތުން ކަމަށާއި އެއީ މިހާރު އަމަލުކުރަމުން އަންނަ ޕޮލިސީގައި އޮންނަ ކަމެއް ނޫން ކަމުގައިވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް