ކޯވިޑް-19: ދިން ޔަގީންކަމާ އެއްގޮތަށް ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް އިންޑިއާއިން ފޯރުކޮށްދީފި

އިންޑިއާ ލޮކްޑައުންގައި އޮތުމުގެ ސަބަބުން އެގައުމުން މުދާ ބޭރުކުރުމުގައި ދަތިތަކެއް ހުރިނަމަވެސް، މެދުކެނޑުމެއް ނެތި ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް ލިބޭނެކަމަށް ދީފައިވާ ޔަޤީންކަމާއެކު، ރާއްޖެއ...

28 Mar 2020 | 12:48

އިންޑިއާ ލޮކްޑައުންގައި އޮތުމުގެ ސަބަބުން އެގައުމުން މުދާ ބޭރުކުރުމުގައި ދަތިތަކެއް ހުރިނަމަވެސް، މެދުކެނޑުމެއް ނެތި ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް ލިބޭނެކަމަށް ދީފައިވާ ޔަޤީންކަމާއެކު، ރާއްޖެއަށް މުދާ ފޯރުކޮށްދެމުން އެބަދެއެވެ.

އެގޮތުން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބަރުކޮށްގެން ގެނައި 500 މެޓްރިކް ޓަނުގެ ހަކުރު އަދި 993 މެޓްރިކް ޓަނުގެ ހަނޑޫ މިއަދު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާ 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާކަމަށް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއެކު އިމާރާތްކުރުމުގެ ސިނާޢަތަށް ހުއްޓުމެއް އަޔަނުދިނުމަށް ގެންނަ 5000 މެޓްރިކް ޓަނުގެ ސިމެންތިވެސް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެއެވެ.

ލޮކްޑައުންގެ ސަބަބުން އިންޑިއާގެ ބައެއް ބަނދަރުތަކުން މުދާ ބަރުކުރުމުގައި ދަތިތަކެއް ދިމާވިނަމަވެސް ރާއްޖެއަށް ބޭނުންވާ މުދާ މެދުކެނޑުމެއް ނެތި ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް