ކޯވިޑް-19: ބަލި ޖެހުނު މީހުންގެ އަދަދު ހަ ލައްކައަށް އަރައިފި

ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު600،000 އަށް އަރައިފި އެވެ. މި ބަލި އުފަންވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއަށެވެ. މިހާރު މި ބަލި ދުނިޔޭގެ170 އަށްވުރެ...

28 Mar 2020 | 11:33

ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު600،000 އަށް އަރައިފި އެވެ.

މި ބަލި އުފަންވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއަށެވެ. މިހާރު މި ބަލި ދުނިޔޭގެ170 އަށްވުރެ ގިނަ ގައުމުން ވަނީ ފެނިފަ އެވެ.

އެންމެ ފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަ ލައްކަ މީހުންނަށް ބަލި ޖެހެން ނަގާފައިވަނީ ދެ ދުވަހެކެވެ. މީގެ ދެ ދުވަސް ކުރިން ވަނީ މި ބަލި ޖެހުނު މީހުންގެ އަދަދު މުޅި ދުނިޔޭން500،000 އަށް އަރާފައި ވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުން 100،000 އަށް އަރަން 67 ދުވަސް ނެގި އެވެ. އެއް ލައްކަ އިން ދެ ލައްކަ އަށް އަރާފައިވަނީ 11 ދުވަސް ތެރޭގައި އެވެ. އަދި ދެ ލައްކަ އިން ތިން ލައްކަ އަށް އެރީ އެންމެ ހަތަރު ދުވަހެވެ. މީގެ އިތުރުން ތިން ލައްކަ އިން ހަތަރު ލައްކައަށް އަރަން ނެގީ ދެ ދުވަހެވެ.

މިހާތަނަށް މި ބަލީގައި 27،417 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 133،426 މީހުންނެވެ.

މިހާރު އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުންދަނީ އެމެރިކާގައި އެވެ. އެ ގައުމުގައި މިހާތަނަށް 104،256 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިޓަލީން 86،498 މީހުން ޕޮޒިޓިވްވި އިރު އެ ގައުމުން ވަނީ 9،134 މީހުން މަރުވެފަ އެވެ. ޗައިނާގައި 81،394 މީހުން ޕޮޒިޓިވްވެފައިވާ އިރު އެ ގައުމުން މަރުވީ 3،295 މީހުންނެވެ.

ދެން އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުން ދަނީ ސްޕެއިން އާއި ޖަރުމަނުވިލާތް އަދި ފްރާންސްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް