ކޯވިޑް-19: ސަފާރީއަކުން ދިވެއްސަކު ޓެސްޓު ކުރަނީ

އާކް ނޯވަލް ކިޔާ ސަފާރީއެއްގައި ހުރި ދިވެއްސެއް ކޯވިޑް19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ ވައިރަހަށް ޓެސްޓު ކުރަން ނިންމީ ބަލީގެ އަލާމާތްތަކ...

28 Mar 2020 | 11:11

އާކް ނޯވަލް ކިޔާ ސަފާރީއެއްގައި ހުރި ދިވެއްސެއް ކޯވިޑް19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ ވައިރަހަށް ޓެސްޓު ކުރަން ނިންމީ ބަލީގެ އަލާމާތްތަކެއް ފެންނަމުންދާތީ ކަމަށެވެ. އަދި މިވަގުތު އެ ސަފާރީ އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.

އެ ސަފާރީގައި ތިބި އިތުރު މީހުންގެ އަދަދާއި ސަފާރީ އޮތް ތަނެއް ހާމައެއް ނުކުރެ އެވެ.

މިހާތަނަށް ސަފާރީތަކުން ޝައްކު ކުރެވިގެން ޓެސްޓު ކުރި މީހުންގެ ތެރެއިން ބަޔަކު ޕޮސިޓިވް ވެފައިވަނީ އައިލެންޑް ސަފާރީ އެކަކުންނެވެ. އޭގެން ފުރަތަމަ ޕޮސިޓިވްވީ ދެ މީހުންނެވެ.

އެމީހުންނާއި ގުޅުން ހުރި މީހުން ކަރަންޓީން ކުރީ ވިލިވަރު ކަރަންޓީން ފެސިލިޓީގައި އެވެ. ކަރަންޓީންގެ މުއްދަތު ހަމަވެގެން އިއްޔެ ރާއްޖެއިން ފުރި ޓޫރިސްޓުންގެ ތެރެއިން އެ ސަފާރީގައި ތިބި ދެމީހަކު ވަނީ ޕޮސިޓިވްވެފައި އެވެ.

އެޗްޕީއޭއިން ބުނީ އެމީހުން ފުރުމުގެ ހުއްދަ ދިނީ ކަރަންޓީން މުއްދަތު ހަމަވިއިރު ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތުމުންނެވެ. އަދި އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރީ ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި ބަލީގެ ހާލަތު ދެނެގަތުމަށް ހަދާ ދިރާސާއެއްގައި ބޭނުން ކުރުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް