ޔޫއޭއީ ގައި ޕޮސިޓިވްވި ކަމަށް ބުނާ މީހާގެ ނަމަކީ ދިވެހި ނަމެއް ނޫން: މަބްރޫކް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކޯވިޑް-19 އަށް ޕޮސިޓިވްވި ކަމަށް ބުނަނީ ދިވެއްސެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސަރުކާރުން ބުނެފި އެވެ. ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ...

28 Mar 2020 | 10:42

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކޯވިޑް-19 އަށް ޕޮސިޓިވްވި ކަމަށް ބުނަނީ ދިވެއްސެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ގައުމުގެ ސަރުކާރާއި މިހާރު މުއާމަލާތް ކުރެވެމުންދާ ކަމަށެވެ. އެކަމަކު މިހާތަނަށް އެމީހާގެ ނަން ކަމަށް ބުނެ ލިބިފައިވަނީ މުސްލިމް ނަމަަކަށް ވިޔަސް ދިވެހިން ކިޔާ ނަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ޔޫއޭއީ ސަރުކާރުން އެ ނަން ބޭނުން ކުރާ ގޮތުން ވައްތަރީ ޔޫރަޕްގެ ގައުމެއްގައި ބޭނުން ކުރާ ނަމަކާ ކަމަށެވެ. އެކަން އަދިވެސް ކަށަވަރު ކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ލިބުނު މައުލޫމާތު ތަކަށް ބަލާއިރު އެގައުމުގައި ޕޮސިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ.

ޔޫއޭއީގެ ނޫސްތަކުގައި ދިވެއްސަކު ޕޮސިޓިވްވި ކަމަށް ރިޕޯޓު ކުރީ މިމަހުގެ22 ދުވަހު އެވެ. އެ ދުވަހު ޕޮސިޓިވްވި އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން އިނގިރޭސިވިލާތުގައި އުޅޭ ދިވެއްސަކު މިއަދު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވިކަން ހާމަކޮށްފައި އެވެ. ދިވެހި ސަރުކާރުން ދަނީ އެކަންވެސް ޔަގީން ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް