ވީއައިއޭގެ އާ އޭޕްރަންގެ ދެވަނަ ފިޔަވަހި ނިމިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުޅަނގު ފަރާތުން ތަރައްގީ ކޮށްފައިވާ އާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ. އެމްއޭސީއެލްއިން ބުނީ އޭޕްރަންގެ މަސައްކަތް ނިންމާ ބޭނުނ...

28 Mar 2020 | 08:40

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުޅަނގު ފަރާތުން ތަރައްގީ ކޮށްފައިވާ އާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްއޭސީއެލްއިން ބުނީ އޭޕްރަންގެ މަސައްކަތް ނިންމާ ބޭނުން ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މި ސަރަހައްދުގައި 25،500 އަކަމީޓަރު ހުންނާނެ ކަމަށެވެ. އަދި އެތަނުގައި އެންމެ ފުޅާ ހަތަރު އެއާކްރާފްޓު ޕާކު ކުރެވޭނެ ކަމަށެވެ.

ހުޅަނގު ފަރާތުން ތަރައްގީ ކޮށްފައިވާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ހުޅުވާފައިވަނީ މިިދިޔަ އަހަރުގެ ޖުލައި 17 ވަނަ ދުވަހުއެވެ.

އެމްއޭސީއެލް އިން އޭރު ބުނީ އެ ސަރަހައްދުގައި އެންމެ ފުޅާ ހަތަރު އެއަކްރާފްޓު ނުވަތަ ހަނި އަށް އެއާކްރާފްޓް ބޭއްވޭނެ ކަމަށެވެ. އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ތަރައްގީކޮށްފައިވަނީ 70 ހާސް އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

https://twitter.com/MACLmedia/status/1243433062869815298

އާ އޭޕްރަންގައި މަތިންދާބޯޓަށް ކައިރި ކުރާ އިކުއިޕްމެންޓުތަކަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގެ އޭޕްރަން އާއި މިއަދު ހުޅުވި އޭޕްރަންގެ ސްޓޭންޑާޑް އެއްވަރުވާނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް