އިނގިރޭސިވިލާތުގައި ދިއިރުޅޭ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ފިރިމީހާއާއި އާއިލާއާއެކު އިނގިރޭސިވިލާތުގައި ދިރިއުޅޭ، ދިވެހި އަންހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އޭނާގެ ފިރިމީހާ ބުނެފިއެވެ. އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ވަޒީފާ އަދާކުރަމުން އަން...

28 Mar 2020 | 06:46

ފިރިމީހާއާއި އާއިލާއާއެކު އިނގިރޭސިވިލާތުގައި ދިރިއުޅޭ، ދިވެހި އަންހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އޭނާގެ ފިރިމީހާ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ވަޒީފާ އަދާކުރަމުން އަންނަ ދިވެހި ޑަކުޓަރަކު އޭނާގެ ރަހުމަތްތެރިންނަށް އެކަނި ފެންނާނެ ގޮތަށް ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އަންހެނުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށާއި މިހާރު އެ އާއިލާ ތިބީ ސެލްފް އައިސޮލޭޝަންގައި ކަމަށެވެ.

އޭނާ ވަޒީފާ އަދާކުރަމުން އަންނަ ހޮސްޕިޓަލުގައި ފާއިތުވެ ދެ ހަފްތާ ދުވަހު ކޯވިޑް-19 ގެ ޕޭޝަންޓުން ފަރުވާ ދީފައިވާކަމަށާއި އެހެންކަމުން ގެއަށް ކޯވިޑް-19 ގެންދެވުނީ އޭނާއަށް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.

މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ ގޭގައި ހުރެގެން އޮންލައިންކޮށް ކަމަށްވެސް ބުނެފައިވެއެވެ.

މިކަމުގެ އެއްވެސް މައުލޫމާތެއް ރާއްޖޭގެ ރަސްމީ އިދާރާއަކަށް އަދި ލިބިފައިނުވާކަމަށް އެ އިދާރާތަކުން ބުނެއެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް