ކޯވިޑް-19: ނެގެޓިވް ވޭތޯ ބަލަން ކަނީކާ މާ ގިނައިން ޓެސްޓު ކުރާތީ އާންމުން ރުޅިގަދަވެއްޖެ

ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވިކަން އެނގުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. "ބޭބީ ޑޯލް" ފަދަ ލަވަތަށް ކިޔައިގެން މަޝްހޫރުކަން ހޯދާފައިވާ ކަނީކާއަށް ފަރުވާ...

28 Mar 2020 | 05:56

ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވިކަން އެނގުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

"ބޭބީ ޑޯލް" ފަދަ ލަވަތަށް ކިޔައިގެން މަޝްހޫރުކަން ހޯދާފައިވާ ކަނީކާއަށް ފަރުވާ ދެމުންދަނީ ލަކްނޯގައި ހުންނަ ހޮސްޕިޓަލެއްގައި އެވެ.

އާންމުން ރުޅިގަދަވީ ކަރަންޓީންގެ މުއްދަތު ކަމަށްވާ 14 ދުވަސް ހަމަ ނުވަނީސް ކޯވިޑް-19 އޭނާގެ ހަށިގަނޑުން ގޮސްފައިވޭތޯ ބަލަން މާ ގިނައިން ޓެސްޓު ކުރާތީ އެވެ. މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތިން ފަހަރު އޭނާ ޓެސްޓުކޮށްފާއިރު ނަތީޖާ ދައްކަނީ އަދިވެސް ކަނީކާ ގައިގަ ވައިރަސް ހުރި ކަމަށެވެ.

މިކަމާ ރުޅިގަދަވެގެން އާންމު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ބާރުގަދަ ބޮލީވުޑްގެ މަޝްހޫރު މީހުން ޓެސްޓު ކިޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށެވެ. އަދި މިކަން ކުރުވަނީ ފައިސާ ދީގެން ނުފޫޒު ފޯރުވައިގެން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން އިންޑިއާގައި އެތައް މިލިއަން ބަޔަކު ބަލީގެ އަލާމާތްތައް ފެންނަ އިރުވެސް ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތިފަ ތިބި އިރު ކަނީކާމެން ފަދަ މީހުންގެ މިފަދަ ޒިންމާދާރު ކަން ކުޑަ އަމަލުތަކުގެ ސަބަބުން އިންޑިއާ ހަލާކުގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުންވެސް އެކަން ސިއްރުކޮށްގެން ހުރެ ގިނަ ބަޔަކު ބައިވެރި ކޮށްގެން ބޮޑު ޕާޓީއެއްވެސް ބޭއްވި އެވެ. އަދި ގައުމުން ބޭރުން އައިސް، ދިޔަ ގައުމުތައް ސިއްރު ކުރި ކަމުގެ ތުހުމަތުވެސް ކަނީކާގެ މައްޗަށް ކުރެ އެވެ.

އަދި އެކަމާ ގުޅިގެން އޭނާ އާއި ދެކޮޅަށް ޖިނާއީ ތަހުގީގު ދަނީ ކުރަމުންނެވެ،

އޭނާ ވަނީ މިފަހުން އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުގައި އޮތް ހަފްލާއެއްގައި ލަވަ ހުށަހަޅައިދޭންވެސް ގޮސްފަ އެވެ. އެހެންވެ އޭނާ ލަކްނޯގައި ބޭއްވި ހަފްލާ އާއި ޝަހީ ގަނޑުވަރުރުގައި ބޭއްވި ހަފްލާގައި ބައިވެރިވި މީހުން ދަނީ ކޯވިޑް-19 އަށް ޓެސްޓު ކުރަމުންނެވެ.

މިހާތަނަށް މި ދެ ހަފްލާގައި ބައިވެރިވި މީހުންގެ ތެރެއިން ޕޮސިޓިވްވީ އިނގިރޭސިވިލާތުގެ ޕްރިންސް ޗާލްސްއެވެ. އެކަމަކު އޭނާއަށް ބަލި ޖެހުނީ ކަނީކާގެ ފަރާތުން ކަން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް