ލ. މާމެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ލ.މާމެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މާލެއިން ފުރައިގެން މާމެންދުއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އި...

28 Mar 2020 | 05:19

ލ.މާމެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން މާމެންދުއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ، މި ހިނގާ މާރިޗު މަހުގެ 26 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ މީހުން ދަތުރުކުރި ބޯޓު މާމެންދުއަށް އައުމުން އެމީހުންނަށް ފުލުހުން ފެނުމާއެކު، އެމީހުންގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅު ފަޅާލައި އެ ކޮތަޅު ހިފައިގެން މޫދަށް ފުންމާލާފައިވާކަމަށެވެ. ފުލުހުންވަނީ އެ ދެ މީހުން ހައްޔަރުކޮށް، އެ ދެ މީހުން ބޯޓުގައި ތިބި ސަރަހައްދު ބަލައި ފާސްކޮށްފައި އެވެ. އަދި އެމީހުން ބޯޓުގައި ތިބި ސަރަހައްދުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް