ޗައިނާއިން ރާއްޖެއަށް ފުރަތަމަ ދިނީ ކުއްލި ހާލަތުގައި ބޭނުން ކުރާ ސާމާނު!

ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ އިން ކުއްލި ހާލަތުގައި ބޭނުން ކުރާނެ ގިނަ އަދަދެއްގެ ސާމާނު ހަދިޔާކޮށްފި އެވެ. ޗައިނާއިން ބުނީ މިއީ ރާއްޖެއަށް ...

28 Mar 2020 | 05:03

ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ އިން ކުއްލި ހާލަތުގައި ބޭނުން ކުރާނެ ގިނަ އަދަދެއްގެ ސާމާނު ހަދިޔާކޮށްފި އެވެ.

ޗައިނާއިން ބުނީ މިއީ ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި ފުރަތަމަ ބެޗު ކަމަށެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ތަކެތި ސަރުކާރާ ހަވާލުކުރީ ޗައިނާ ސަފީރު ޒާން ލިޖޯން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ތަކެއްޗާ ހަވާލުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ޗައިނާ އިން ރާއްޖެ އަށް ދިން ތަކެތީގެ ތެރޭގައި 30،000 ސާޖިކަލް މާސްކްއާއި، 10،080 މެޑިކަލް ޕްރޮޓެކްޓިވް މާސްކާއި އެއް ފަހަރު ބޭނުންކުރާ 10،000 ރަބަރު އަންގި އާއި 500 ޑޮކްޓަރުން ބޭނުން ކުރާ ކަށިގަނޑުގެ އިތުރުން 200 ޕްރޮޓެކްޓިވް ގޮގްލްސް އަދި 500 ޕްރޮޓެކްޓިވް ހެދުން ހިމެނެ އެވެ.

https://twitter.com/AmbassadorZhang/status/1243532957295378432

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 16 މީހަކު ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރެއިން ނުވަ މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް