ކޯވިޑް-19: ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސަކު ޓެސްޓް ކުރަނީ

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޝައްކުވާ އަލާމާތްތަކެއް ހުރުމުން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެޗްޕީއޭއިން މިރޭ ބުނެފައިވަނީ ރައްކާތެރިކަމުގެ ގޮތުން ...

27 Mar 2020 | 20:27

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޝައްކުވާ އަލާމާތްތަކެއް ހުރުމުން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން މިރޭ ބުނެފައިވަނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ ކަމަށެވެ.

"އެމީހާ މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައި. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި." އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން ރެސިޑެންސް މޯލްޑިވްސް ދިގުރަށާއި ފިލިތެޔޮ އައިލެންޑް ރިސޯޓުން ހަތަރު މީހަކު ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމާފައިވާކަން މިރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކް ހާމަކުރެއްވިއެވެ. މީގެ ތެރެއިން ރެސިޑެންސް މޯލްޑިވްސް ދިގުރަށުން ޓެސްޓު ކުރަނީ ދެ ދިވެހިންނެވެ. ފިލިތެޔޮ ރިސޯޓުން ޓެސްޓު ކުރަނީ ދިވެއްސަކާއި ބިދޭސީ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް