ކޮރޯނާ ވައިރަސް ރާއްޖެއަށް ފެރުނަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބައްޔަށް ޓެސްޓު ކުރުމަށް ބޭނުންވާ އިތުރު ޓެސްޓު ކިޓު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ރާއްޖޭގައި ހުރި ޓެސްޓު ކިޓުތަކުން ޓެސްޓު ކުރެވޭނީ3،000 ސާމްޕަލް ކަމަށެވެ. އެހެންވެ އެންމެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އިތުުރު ޓެސްޓު ކިޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ހަމަޖެހިފައި ހުރީ ޑަބްލިއުއެޗްއޯއިން ދޭ5،000، އަލީބާބާގެ ފައުންޑާ ޖެކް މާ ދޭ10،000، ޗައިނާއިން ދޭ10،000 ސާމްޕަލް ޓެސްޓު ކުރެވޭނެ ޓެސްޓު ކިޓު ކަމަށެވެ. އޭގެ އިތުރުން ސަރުކާރުން ދަނީ19،000 ސާމްޕަލް ޓެސްޓު ކުރެވޭ ވަރަށް ޓެސްޓު ކިޓް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް ރާއްޖޭގައި ވައިރަހަށް ޓެސްޓުކޮށްފައިވަނީ863 މީހުންނެވެ.
ރާއްޖެއިން ބޭނުން ކުރަމުންދަނީ ޑަބްލިއުއެޗްއޯއިން ހަދިޔާ ކޮށްފައިވާ ޓެސްޓު ކިޓުތަކެކެވެ. އޭގެ ތެރޭގައި ހިމެނީ ފުރަތަމަ ފަހަރުު އެ ޖަމިއްޔާއިން ހަދިޔާ ކުރި1،000 ސާމްޕަލް ޓެސްޓު ކުރެވޭ ޓެސްޓު ކިޓުތަކާއި ފަހުން ހަދިޔާ ކުރި5،000 މީހުން ޓެސްޓު ކުރެވޭ ކިޓުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް