ރެސިޑެންސް ދިގުރަށާ ފިލިތެޔޮ ރިސޯޓުން ތިން ދިވެހިންނާއި ބިދޭސީއަކު ޓެސްޓު ކުރަނީ

ރެސިޑެންސް މޯލްޑިވްސް ދިގުރަށާއި ފިލިތެޔޮ އައިލެންޑް ރިސޯޓުން ހަތަރު މީހަކު ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ. މީގެ ތެރެއިން ރެސިޑެންސް މޯލްޑިވްސް ދިގުރަށުން ޓެސްޓު ކުރަނީ ދެ ދިވެހިންނެވެ. ...

27 Mar 2020 | 19:02

ރެސިޑެންސް މޯލްޑިވްސް ދިގުރަށާއި ފިލިތެޔޮ އައިލެންޑް ރިސޯޓުން ހަތަރު މީހަކު ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.

މީގެ ތެރެއިން ރެސިޑެންސް މޯލްޑިވްސް ދިގުރަށުން ޓެސްޓު ކުރަނީ ދެ ދިވެހިންނެވެ. ފިލިތެޔޮ ރިސޯޓުން ޓެސްޓު ކުރަނީ ދިވެއްސަކާއި ބިދޭސީ އެކެވެ.

އެ ބިދޭސީ މީހާއަކީ މުވައްޒަފެއް ކަމެއް ނުވަތަ ޓޫރިސްޓެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

އެޗްޕީއޭއިން ބުނީ އެ ހަތަރު މީހުންގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. އަދި ނަތީޖާ ލިބެންދެން ތިބީ އެކަހެރި ކުރެވިފައި ކަމަށެވެ.

މީގެ އިތުރުން އެ ދެ ރިސޯޓުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

މިވަގުތު ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތީ އެ ދެ ރިސޯޓު އެކަންޏެވެ.

މިހާތަނަށް ރާއްޖޭގައި ޓެސްޓު ކުރެވުނު މީހުންގެ ތެރެއިން ބައްޔަށް ޕޮސިޓިވް ވެފައިވަނީ16 މީހުންނެވެ. އޭގެތެރެއިން ނުވަ މީހަކު ބަލިން ރަނގަޅުވެފައިވާއިރު ފަރުވާ ދެމުންދަނީ ފަސް މީހުންނަށެވެ. އަނެއް ދެމީހުންނަކީ މިއަދު އިޓަލީއަށް ފުރި ފަހުން ޕޮސިޓިވްކަން އެނގުނު ދެ ޓޫރިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް