ޓްރީ ޓޮޕް ހޮސްޕިޓަލުގެ 3 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މުޅިން އާ ޙާއްސަ ޑިސްކައުންޓެއް ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް ތަޢާރަފް ކުރުމާއި، އޮންލައިން ގެސްޓް ޕޯޓަލް އަދި ފީޑް-ބެކް ޕޯޓަލް ހިދުމަތް ފެށުމާއި، މުވައްޒަފުންނަށް ޙާއްސަ ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމްއަކާއި، އަދި މުޅިން އާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ.
މިގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10%ގެ ޙާއްސަ ޑިސްކައުންޓް ރޭޓެއް އަހަރީ ދުވަހަށް ޙާއްސަކޮށްގެން ތަޢާރަފް ކޮފިއެވެ. ތިރީގައިވާ ޕެކޭޖްތަކުގައި މި ޙާއްސަ ޑިސްކައުންޓް ރޭޓް މާރިޗު 1 އަކުން 31 އަށް ލިބިވަޑައިގަންނަވާނެއެވެ.
- ފިރިހެން ބޭފުޅުންނަށް ޙާއްސަ "ވެލް މޭލް" ޕެކޭޖް.
- 18 – 34 އަހަރުގެ އަންހެން ބޭފުޅުންނަށް ޙާއްސަ "ވެލް ވުމަން" ޕެކޭޖް.
- 35 އަހަރުން މަތީ އަންހެން ބޭފުޅުންނަށް ޙާއްސަ "ވެލް ވުމަން" ޕެކޭޖް.
- ދުޅަހެޔޮ ސިއްހަތަކަށް ޙާއްސަ "ހެލްތީ ލިވިން" ޕެކޭޖް.
- ހިތުގެ ބަލިތަކަށް ޙާއްސަ "ހާޓް ސްކްރީނިންގ" ޕެކޭޖް.
މީގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުން މުޅިން އާ ގެސްޓް ޕޯޓަލް އަދި އެޕްގެ ހިދުމަތް ވަނީ ފަށާފައިވެއެވެ. މިގޮތުން އޮންލައިން ގެސްޓް ޕޯޓަލް ބެނުންކުރައްވައިގެން ފަސޭކަމާއެކު ބުކިން ހެއްދެވުން، ފައިސާ ދެއްކުން، މެޑިކްލް ރެކޯޑް ހިއްސާކުރުން، އަދި ހޮސްޕިޓަލާއި މެހެމާނުންނާއި ދެމެދު ރައްކާތެރިކޮށް މެސެޖް ފޮނުވޭނެ ގޮތަށް ހަމަޖެހިފައިވެއެވެ. ގެސްޓް ޕޯޓަލްއަށް ވަޑައިގަތުމަށް https://guest.treetophospital.com/login ބޭނުންކުރެއްވުން އެދެމެވެ.
މި އެޕް ފޯނަށް ޑައުންލޯޑް ކުރެއްވުމަށް އެޕަލް އެޕްސްޓޯރ ނުވަތަ އެންޑްރޮއިޑް ޕްލޭސްޓޯރ އަށް ވަޑައިގެން ‘Tree Top Hospital Guest Portal’ ބޭނުންކުރެއްވުން އެދެމެވެ.
އަދި ހިޔާލު ހޯދުމަށާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އާ ފީޑްބެކް ޕޯޓަލް ވަނީ ތައާރަފްކޮށްފިއެވެ. މިގޮތުން ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް އަދި ސްޕެޝަލްޓީތަކުގެ ހިދުމަތާ ބެހޭގޮތުން ފެނިވަޑައިވަންނަވާ ގޮތް ހިއްސާކުރެވޭނެ އަދި އަވަސް ފިޔަވަޅު އެޅޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެހިފައިވެއެވެ. އާ ފީޑްބެކް ޕޯޓަލް އަށް ވަނުމަށް https://feedback.treetophospital.com ބޭނުންކުރެއްވުން އެދެމެވެ.
މީގެ އިތުރުންވެސް، އާ ހުނަރުވެރި ޒުވާން މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މުޅިން އާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އުފައްދާފައެވެ. މި ޕްރޮގްރާމް އަމާޒުކުރަނީ ސާނަވީ ތައުލީމް ނިންމާފައިވާ ޒުވާނުން މަސައްކަތުގެ ބާޒާރަށް ނިކުތުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
އަދި ފަހުކަމަށް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހިދުމަތް ލިބިގަތުމުގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރަތްތަކަށް ހަމަހަމަކަން ހޯދައިދިނުމަށާއި މުވައްޒަފުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.
2018 ވަނަ އަހަރު ހިދުމަތް ފޯރުކޮށްދޭންފަށައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީކަން މިފުރުސަތުގައި ފާހަގަކުރަމެވެ.
އިތުރު މަޢުލޫމާތު ހެއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް