މިއަދު 5،923 މީހުން ވެކްސިން ޖެހި، މާލެއިން ވެކްސިން ޖަހާ މީހުންގެ އަދަދު ދަށަށް،

ކޯވިޑް ވެކްސިން މިއަދު އިތުރު 5،923 މީހުންނަށް ދީފި އެވެ. އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ވެކްސިން ޖެހީ 2،291 މީހުން ކަމަށެވެ. އަދި އަތޮޅު ތެރޭގައި 3،632 މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ. މިފަހ...

28 Feb 2021 | 17:25

ކޯވިޑް ވެކްސިން މިއަދު އިތުރު 5،923 މީހުންނަށް ދީފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ވެކްސިން ޖެހީ 2،291 މީހުން ކަމަށެވެ. އަދި އަތޮޅު ތެރޭގައި 3،632 މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިފަހަކަށް އައިސް މާލެއިން ކޯވިޑް ވެކްސިން ޖަހާ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންނެވެ. އެގޮތުން އިއްޔެ މާލެއިން ވެކްސިން ޖަހާފައިވަނީ 3،147 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ވެކްސިން ޖަހާފައިވަނީ 111،415 މީހުންނެވެ. އޭގެ ތެރެއިން 75،163 ވެކްސިން ޖަހާފައިވަނީ މާލެއިން އިންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވަނީ 36،252 މީހުންނަށެވެ.

މިއަދު މަލޭގެ ހަތް ސެންޓަރެއްގައި ވެކްސިން ދީފައިވާއިރު ދެ މޮބައިލް ޓީމް ވެކްސިން ދިނުމަށް ހަރަކާތްތެރިވި އެވެ. އަތޮޅު ތެރޭގައި މިއަދު 169 ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް