މިއަަދު ރާއްޖެއިން އިތުރު 196 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މާލެއިން 178 މީހުންނާއި ރިސޯޓުތަކުން 12 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން ހަތަރު މީހަކާއި ސަފާރީތަކުން ދެ މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 5،142 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،475 މީހުންނަށެވެ. އޭގެ ތެރެއިން 179 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ވަނީ ޑީއެޗް 11 ގައި ފަރުވާ ދެމުންދިޔަ އުމުރުން 62 އަހަރުގެ ފިރިހެނަކު މަރުވެފަ އެވެ. އެއީ މިމަހު ކޯވިޑްގައި މަރުވި 10 ވަނަ މީހާ އަދި މި ބަލީގައި ރާއްޖެއިން މަރުވި 62 ވަނަ މީހާ އެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 17،249 މީހުން ވަނީ ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 19،793 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް