ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުން އާއްމުކުރި އިއުލާނެއްގައި ވަނީ، ސަރުކާ...

28 Feb 2021 | 15:52

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުކުރި އިއުލާނެއްގައި ވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާއެއް ކުރައްވަމުން ގެންދަވާތީ، އެކަމާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައި ވާ ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން އާއްމުންގެ އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް ވާ ނަމަ،2021 މާރޗް 6 ވާ ހޮނިހިރު ދުވަހުގެ14:00 ގެ ކުރިން އެ ކޮމިޓީއަށް އީމެއިން އަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ފޮނުވުމަށް އެ ކޮމިޓީން އެދެއެވެ.

އެ ކޮމިޓީގެ އީމެއިލް އެޑްރެސްއަކީ: [email protected]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް