އިރުއޮއްސޭ ވަޤުތުގައި ކުޑަކުދިން ބޭރަށް ނުނެރެންވީ މިހެންވެ

މުޢުމިނުންގެ ހަތިޔާރަކީ ދުޢާތަކާއި ޛިކުރުތަކެވެ. އެހެން ކަމުން ޝައިޠާނުންގެ ކިބައިން އަހަރެމެން ރައްކާތެރިކުރާ އައްޑަނައަކީވެސް ޛިކުރުތަކެވެ. އެހެން ނަމަވެސް ކުޑަކުދީންނަކީ އެ ކުދީން އަމިއްލައަށް  ޝައ...

28 Feb 2021 | 15:05

މުޢުމިނުންގެ ހަތިޔާރަކީ ދުޢާތަކާއި ޛިކުރުތަކެވެ. އެހެން ކަމުން ޝައިޠާނުންގެ ކިބައިން އަހަރެމެން ރައްކާތެރިކުރާ އައްޑަނައަކީވެސް ޛިކުރުތަކެވެ. އެހެން ނަމަވެސް ކުޑަކުދީންނަކީ އެ ކުދީން އަމިއްލައަށް  ޝައިތާނާގެ ކިބައިން  ރައްކާތެރިކަން ލިބިގަތުމުގެ ކުޅަދާނަކަށް ލިބިފައިނުވާ ކުދިންތަކެކެވެ. ސަބަބަކަށްވަނީ ޝައިޠާނުން ދުނިޔެމައްޗަށް ފެތުރިގަންނަ ވަޤުތުގައި, އެސޮރުމެންނަށް އެންމެ ފަސޭހައިން ގޯނާކުރެވޭ އެއް ބަޔަކަށް ވަނީ ކުޑަކުދިންކަމެވެ. ކަން މިހެން އޮތް އިރު އެއްވެސް ރައްކާތެރިކަމެއް ނެތި އެކުދިން ދޫކޮށްލަފައި ހުރުމަކީ އެފަދަ އުނދަގޫތައް ކުރިމަތިވެދާނެ ސަބަބަކަށްވެދާނެއެވެ.

އެހެންކަމުން ކުޑަކުދިން އިރުއޮއްސޭ ވަޤުތުގައި ބޭރަށް ނެރުން ނަހީކުރައްވާފައިވެއެވެ.

ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( لَا تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ، فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ ) . وروى مسلم (2013)

މާނައީ: ” އިރު އޮއްސިއްޖެނަމަ، ތިޔަބައިމީހުންގެ ނަޢަމުސޫފިތަކާއި ދަރީން ރޭގަނޑުގެ އަނދިރިކަމުގެ ކުރީކޮޅު ފާއިތުވެއްޖެއުމަށް ދާންދެން ދޫނުކުރާށެވެ. ފަހެ ހަމަކަށަވަރުން އިރު އޮއްސިއްޖެނަމަ، ރޭގަނޑުގެ އަނދިރި ކަމުގެ ކުރީކޮޅު ފާއިތުވެއްޖައުމަށް ދަންދެން ޝައިޠާނުން ބިންމަތީގައި ފެތުރިގަނެއެވެ.”

އަދިވެސް ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ فَكُفُّوا صِبْيَانَكُمْ ، فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ ، فَإِذَا ذَهَبَ سَاعَةٌ مِنْ اللَّيْلِ فَخَلُّوهُمْ ، وَأَغْلِقُوا الْأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا ، وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ ، وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا، وَأَطْفِئُوا مَصَابِيحَكُمْ ) رواه البخاري (3280) ومسلم (2012)

މާނައީ: “ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ވަގުތު ނުވަތަ އިރު އޮއްސޭ ވަގުތު ތިޔަބައިމީހުންގެ ކުދީން (ގެއިން ނުކުތަނުދީ) ހިފަހައްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުންތައް އެވަގުތު (ބިންމަތީ) ފެތުރިގަނެއެވެ. ފަހެ ރޭގަނޑުން ބައެއް ދިޔުމުން (ޢިޝާނަމާދު ވަޤުތުވުމުން) އެކުދިން ދޫކޮށްލާށެވެ. އަދި ބިސްމިﷲ ކިޔުމަށްފަހުގައި ދޮރުތައް ލައްޕާށެވެ. ފަހެ (އެގޮތަށް) ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ. އަދި ބިސްމިﷲ ކިޔުމަށް ފަހު ފެން ކަންވާރުތަކުގެ މަތިތައް ބާރުކުރާށެވެ. (މަތިތައް ޖަހާށެވެ.) އަދި ﷲގެ އިސްމުފުޅު ކިޔައި ތިޔަބައިމީހުންގެ ކަންވާރުތަކުގައި މަތިޖަހައި ނިވާކުރާށެވެ. އެއީ އޭގެ މަތީގައި (ކުޑަނަމަވެސް) އެއްޗެއް ބާއްވާލައިގެން ނަމަވެސްމެއެވެ. އަދި ތިޔަބައިމީހުން ބައްތިތައް ނިވާލާށެވެ.”

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް