ހެންވޭރު ގެއެއްގައި ގޭސްފުޅިއެއް ގޮވައި، އެކަކަށް އަނިޔާވެއްޖެ

ހެންވޭރު ގެއެެއްގައި ހުރި ގޭސް ފުޅިއެއް ގޮވައި އެކަކަށް އަނިޔާ ވެއްޖެއެވެ. އަނިޔާވި މީހާ މިހާރު ވަނީ އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހެންވޭރު ގެއެއްގައި ގޭސް...

28 Feb 2021 | 14:04

ހެންވޭރު ގެއެެއްގައި ހުރި ގޭސް ފުޅިއެއް ގޮވައި އެކަކަށް އަނިޔާ ވެއްޖެއެވެ. އަނިޔާވި މީހާ މިހާރު ވަނީ އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހެންވޭރު ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެކަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު އެސްބީއައި ކައިރީގައި ހުރި ގެއެއްގައި ކަމަށެވެ.

އެ ސަރަހައްދަށް އެމްއެންޑީއެފް އިންވެސް ދިޔައެވެ. އެހެން ނަމަވެސް އެ ސަރަހައްދަށް ދިޔައިރު ގޭސް ފުޅީގައި ރޯވި އަލިފާންގަނޑު ވަނީ ނިވިފައެވެ.

އިތުރު ތަފްސީލް އަންނަނީ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް