ވޯޓާސް ލިސްޓު ދެވަނަ ފަހަރަށް އާންމުކޮން ޝަކުވާއަށް ހުޅުވާލައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ދެ ވަނަ ފަހަރަށް އާންމުކޮށް ޝަކުވާ...

28 Feb 2021 | 12:08

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ދެ ވަނަ ފަހަރަށް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ ނުވަ ވަނަ ދުވަހު އާންމު ކުރި ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހު ކުރުމަށް ފަހު މިއަދު އަލުން ވޯޓާސް ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ. ފުރަތަމަ ފަހަރު ވޯޓާސް ލިސްޓު އާންމު ކުރުމުނ 1،758 ޝަކުވާ ހުށަހެޅި އެވެ.

އީސީން ބުނީ މިއަދު އިސްލާހުކޮށް އާންމު ކުރި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ވޯޓަސް ލިސްޓު ސަރުކާރުގެ ގެޒެޓުންނާއި، ރަށު، އަދި ސިޓީ ކައުންސިލް އިދާރާތަކުގައި އާންމުކޮށް ފެންނަން ހުންނާނެ އެވެ.

މާލޭގައި ޝަކުވާ ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ. އަތޮޅު ތެރޭގައި އޮންލައިންކޮށާއި ފޯމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީން ބުނެވެ.

ވޯޓުލާތަން ބަދަލުކުރުމަށް ރީ ރެޖިސްޓްރޭޝަނަށް އަންނަ މަހުގެ ތިން ވަނަ ދުވަހުން ހުޅުވާލާނެ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހގެުެ11 ވަނަ ދުވަހު އެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވ 2،72،480 މީހުން އެބަތިއްބެވެ.

މިފަހަރުގެ އިންތިހާބުގައި ވާދަ ކުރަނީ ޖުމްލަ 3،934 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލްތަކަށް 2،264 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކަށް 1،670 ކެންޑިޑޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް