މުލީގައި ޑޮމެސްޓިކް އެއަރޕޯޓްއެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މ. މުލީގައި ޑޮމެސްޓިކް އެއަރޕޯޓްއެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެކަނޯ މާލަމުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، އެއަޕޯޓް މަސައްކަތް މިހާރު ހިއްކާފައިވާ ބިމ...

28 Feb 2021 | 09:44

މ. މުލީގައި ޑޮމެސްޓިކް އެއަރޕޯޓްއެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެކަނޯ މާލަމުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، އެއަޕޯޓް މަސައްކަތް މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބޭނުންވާ ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައި ވެއެވެ.

މި މަސައްކަތުގެ ދަށުން،1200 މީޓަރު ދިގު، 3 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި ޓަރމިނަލް ބިލްޓިންގް ހެދުން ހިމެނެއެވެ. އަދި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެން ދާނެއެވެ.

މީގެ އިތުރުން، ޓެކްސީވޭއެއް ހެދުމާއި، އޭޕްރަންއެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫޢުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤްއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިބިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއެވެ.

މިއީ 221،733،478.22 ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް