ކަސްޓަމްސް މުވައްޒަފުންގެ %74 މުވައްޒަފުން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފި

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދިވެހި ސަރުކާރުން ފައްޓަވާފައިވާ "ކޯވިޑް-19 ދިފާޢު" ކެމްޕޭނުގެ ދަށުން މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 74 އިންސައްތަ މުވައްޒަފުން ވަނީ "ކޮވިޝީލްޑް" ވެކް...

28 Feb 2021 | 09:20

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދިވެހި ސަރުކާރުން ފައްޓަވާފައިވާ "ކޯވިޑް-19 ދިފާޢު" ކެމްޕޭނުގެ ދަށުން މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 74 އިންސައްތަ މުވައްޒަފުން ވަނީ "ކޮވިޝީލްޑް" ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ އަދި ހުޅުމާލެ ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ ރީޖަނަލް ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނެއެވެ.

އަދި އިތުރު މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށް މޯލްޑިވްސް ކަންޓަމްސް ސަރވިސް އިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް