ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެއްޖެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ.
މަލީހު މިހެން ވިދާޅުވީ އޭނާ އާއި ދެ ކޮޅަށް މަޖިލީހަށް ހުށަހަޅާފައިވާ އިތުރުބާރުނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރުމުން ކުރެއްވި ޓުވީޓެއްގައި އެވެ. މަލީހުގެ އިތުރުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 14 މެމްބަރުންގެ ސޮޔާއި އެކު އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
މަލީހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަޖިލީހުގެ ވަކި ފެންޝަން އެއް ހުދުމުހުތާރު ވެއްޖެ ކަމަށެވެ. އަދި ގާނޫނު އަސާސީ ތަރިކަ މުދަލަށް ހަދައިފި ކަމަށެވެ.
އޭނާ ވިދާޅުވީ އަސާސެއް ނެތް ކަމެއްގައި ދޮގު އިލްޒާމެއް އަޅުވާ ބޭއިންސާފުން އަދަބު ދޭން އުޅޭ ނަމަ ބޭޒާރުވާނެ ކަމަށެވެ. މަލީހް ވިދާޅުވީ ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ ކަމަށެވެ.
މީގެ އިތުރުން ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
https://twitter.com/maleehjamal/status/1365906475562848256
މަޖިލީހު ކޮމިއުނިކޭޝަން މިނިސްޓަރަކަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެވެ.
މަލީހާއި މެދު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހިތްހަމަ ނުޖެހިގެން އުޅެނީ ދެ އަހަރު ވެގެންދިޔައިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވައިދެއް ހަދާފައި ނުވާކަމަށް ބުނެ އެވެ.
މަލީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ އިތުރުނެތް ކަމަށް ނިންމައި މިނިސްޓަރު ކަމުން ވަކިކޮށްދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވުމަށްފަހު އެވެ. އެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
އޭރު އެމްޑީޕީން ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ މަޖިލީހުގެ ޖަލްސާތައް ފެށެން ވާއިރަށް މަލީހު މަގާމުން ވަކި ނުކޮށްފި ނަމަ އެމްޑީޕީން އޭނާ އާއި ދެކޮޅަށް އިތުރުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް