ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި %16 މީހުން ނިޔާވެފައި ވަނީ މިހިނގާ ފެބްރުއަރީ މަހުގައި ކަމަށް ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
އެގޮތުން މި މަހުގެ27 ވަނަ ދުވަހު ކޮވިޑްގައި ރާއްޖެއިން61 ވަނަ މީހާ ނިޔާވުމާ ގުޅިގެން ޑޮކްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އިންސައްތައަކީ 14 ކަމަށެވެ.
އޭގެ ފަހުން މިއަދު ވަނީ ކޮވިޑްގައި ރާއްޖެއިން 62 ވަނަ މީހާ ނިޔާވެފައެވެ. އެހެންކަމުން ރާއްޖެއިން ކޮވިޑް 19 އަށް ނިޔާވި މީހުންގެ %16 ނިޔާވެފައި މި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުވެސް ދަށަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓިފައި ހުރެއެވެ. އެގޮތުން އިއްޔެ ރާއްޖެއިން ކޮވިޑަށް 118 މީހުން ފައްސިވެފައި ވެއެވެ. މި މަހު 26 ވަނަ ދުވަހު 133 މީހުން ކޮވިޑަށް ފައްސިވެފައި ވާއިރު، މި މަހުގެ25 ވަނަ ދުވަހު 184 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ރާއްޖެއިން މިހާތަނަށް 19597 މީހުން ކޮވިޑަށް ފައްސިވެފައި ވާއިރު، 2397 މީހުން ކޮވިޑަށް ފަރުވާ ކުރަމުން އެބަ ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް