ދެ ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައ އަތުލައިގަތް ދެ ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅި...

28 Feb 2021 | 08:07

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައ އަތުލައިގަތް ދެ ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މި އޮޕަރޭޗަންގައި މަސްތުވާތަކެއްޗާއި އެކު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ

އަހުމަދު ޝަމްއޫން 30އ، ލ. ގަން/ތުނޑި، ހަނދުވަރީހިޔާ

އަހުމަދު އުޝާމް 26އ ލ. ގަން/ތުނޑި، ރޯޝަންހިޔާ

އިސްމާއިލް އިފްހާމް މުހައްމަދު ފުވައްމުލައް/ދިނގުވާނޑު، ނައި

މުހައްމަދު ސުއައިދު 23އ ލ. ގަން/ތުނޑި، އަބަދަށްއުފާ،

އަބްދުﷲ ސާޖިދު ހަސަން 23އ، މާލެ/މއ. މަލިކުރުވާގެ

މީގެ ތެރެއިން އިފްހާމް އަކީ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ "ޕެސްޓް" އެވެ. ފުލުހުން ބުނީ މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް