ފެނާއި ނަރުދަމާގެ 15 މަޝްރޫއުއެއް 400 މިލިއަން ރުފިޔާއަށް ފަސް ކުންފުންޏަކަށް

ފެނާއި ނަރުދަމާގެ 15 މަޝްރޫއެއް ހިންގަން ފަސް ކުންފުންޏަކާއި ހަވާލުކޮށްފި އެވެ. މި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި، މައިކްރޯން ޕްރައިވެޓް ލިމިޓަޑާއި، އެލްޓެކް...

28 Feb 2021 | 06:52

ފެނާއި ނަރުދަމާގެ 15 މަޝްރޫއެއް ހިންގަން ފަސް ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި، މައިކްރޯން ޕްރައިވެޓް ލިމިޓަޑާއި، އެލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސާސް އީ ކޮންޓްރެކްޓިން ޕްރައިވެޓް ލިމިޓެޑާ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުތަކަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 407 މިލިއަން ރުފިޔާ އެވެ.

މީގެ ތެރެއިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ

އއ. ބޮޑުފުޅަދޫ - ފެނާއި ނަރުދަމާގެ ނިޒާމް

ގދ. ރަތަފަންދޫ - ފެނާއި ނަރުދަމާގެ ނިޒާމް

ތ. އޮމަދޫ - ފެނާއި ނަރުދަމާގެ ނިޒާމް

ދ. މާއެނބޫދޫ - ފެނުގެ ނިޒާމް

ހއ. އުތީމު - ފެނުގެ ނިޒާމް

ހދ. ނައިވާދޫ - ނަރުދަމާގެ ނިޒާމް

މައިކްރޯން ޕްރައިވެޓް ލިމިޑެޓާއި ހަވާލު ކުރީ

ފ. ފީއަލި - ފެނުގެ ނިޒާމް

ރ. ރަސްމާދޫ - ފެނުގެ ނިޒާމް

ތ. ބުރުނީ - ފެނުގެ ނިޒާމް

އެލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ

ދ. ރިނބިދޫ - ފެނާއި ނަރުދަމާގެ ނިޒާމް

ތ. ވޭމަންޑޫ - ފެނުގެ ނިޒާމް

މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރީ

ގއ. ކޮނޑޭ - ފެނާއި ނަރުދަމާގެ ނިޒާމް

ރ. މާކުރަތު - ފެނުގެ ނިޒާމް

ސާސް އީ ކޮންޓްރެކްޓިން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރީ

ދ. ހުުދެލި - ފެނުގެ ނިޒާމް

ލ. ދަނބިދޫ ފެނުގެ ނިޒާމް

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުތައް އެ ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ އެކި މުއްދަތުތައް ކަނޑައެޅުމަށް ފަހުގައި ކަމަށެވެ. އެންމެ ދިގު މުއްދަތަކަށް ދީފައިވަނީ ދެ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް