ވެކްސިން ފޯރުކޮށްދިނުމަށް ހަނގުރާމަތައް މެދުކަނޑާލަން ގޮވާލާ ގަރާރަށް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ

ހަނގުރާމަޔާ ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް އެސަރަހައްދުތަކުގައި ޙަމަލާބަދަލުކުރުންތައް ހުއްޓާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހުން ...

28 Feb 2021 | 05:55

ހަނގުރާމަޔާ ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް އެސަރަހައްދުތަކުގައި ޙަމަލާބަދަލުކުރުންތައް ހުއްޓާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

https://twitter.com/abdulla_shahid/status/1365390728981962753

އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަމްބަރު 2565 ފާސްކުރުމާ ގުޅިގެން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ އެންމެންނަށް ވެކްސިން ދިނުމަށް ކުރެވޭ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ.

މި ގަރާރުގައި ޓެޑްރޮސް ވިދާޅުވެފައި ވަނީ އަހަރުގެ ފުރަތަމަ100 ދުވަހުގެ ތެރޭގައި ހުރިހާ ގައުމެއްގައި ވެކްސިން ދޭން ފެށުމަކީ އަމާޒެއްކަމަށެވެ. އަދި ގިނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން މަސައްކަތް ކުރާ ކަމަށެވެ.

މި މަހުގެ24 ވަނަ ދުވަހު ޑަބްލިޔުއެޗްއޯ އިން ވަނީ އެމީހުންގެ ސްޓްރެޓަޖިކް ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސް ޕްލޭން (އެސްޕީއާރްޕީ) ލޯންޗްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް