މާވަށު ސްކޫލްގެ ލިޓިލް މެއިޑުންނާއި ގަރލް ގައިޑުންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މާވަށު ސްކޫލްގެ ލިޓިލް މެއިޑުންނާއި ގަރލް ގައިޑުންނަށް މޯޓިވޭޝަންއާއި ޓީމް ބިލްޑިންގ ހަރަކާތްތަކެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. ސްކޫލްގެ އެދުމުގެ މަތިން މި ފެބުރުވަރީ މަހުގެ 26 ...

28 Feb 2021 | 05:14

މާވަށު ސްކޫލްގެ ލިޓިލް މެއިޑުންނާއި ގަރލް ގައިޑުންނަށް މޯޓިވޭޝަންއާއި ޓީމް ބިލްޑިންގ ހަރަކާތްތަކެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ސްކޫލްގެ އެދުމުގެ މަތިން މި ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި، ދަރިވަރުންގެ މެދުގައި އެކުވެރިކަމުގެ ގުޅުން އޮންނަންޖެހޭ މިންވަރާއި، ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުން ލިބިގެންދާނެ ފައިދާތަކާއި މަސައްކަތުގެ އަވަސްކަމާއި ކުރާކަމެއް ރަނގަޅަށް ކުރުމުގެ ނަތީޖާ ދަރިވަރުންނަށް އުނގަންނައިދީފައިވެއެވެ. އަދި ކޮންމެ ޓީމެއްގައިވެސް ލީޑަރެއް ހުރުމުގެ ފައިދާ ދަރިވަރުންނަށް ބުނެދީ ދަރިވަރުން ތަމްރީނު ކުރުވާފައިވެއެވެ.

ލ. މާބުޅެލީގައި ކުރިއަށް ގެންދިޔަ އެ ސްކޫލުގެ ގަރލް ގައިޑް އަދި ލިޓިލް މެއިޑް ދަރިވަރުންގެ އެނުއަލް ކޭމްޕްގައި ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި 48 ދަރިވަރުން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް