ވިލިމާލެގައި 475 ރުއް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަނީ

މާލޭ ސިޓީ ގެ ވިލިމާލެ އަވަށުގެ 475 ރުއް 1 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ބިޑްހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މާލޭސިޓީގެ ވިލިމާލެ އަވަށުގައިވާ ރުށްތަށް އަމިއްލަ ...

28 Feb 2021 | 04:10

މާލޭ ސިޓީ ގެ ވިލިމާލެ އަވަށުގެ 475 ރުއް 1 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ބިޑްހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލޭސިޓީގެ ވިލިމާލެ އަވަށުގައިވާ ރުށްތަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން 1 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް،މާލޭ ސިޓީކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވެއެވެ.

މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އޮންނާނީ 2021 މާރޗް 7 ވަނަ ދުވަހުގެ 11:00 ގައި މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ އޮފީހުގައެވެ.

މަޢުލޫމާތު ސާފުކުރައްވަން ދާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން ދިއުމަށް އެކައުންސިލުން އެދެއެވެ.

އަގު ހުށަހެޅުން އޮންނާނީ 2021 މާރޗް  11ވަނަ ދުވަހުގެ 11:00 ގައި މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ އޮފީހުގައެވެ. އަދި މަޢުލޫމާތު ސާފުކުރަން ނުދާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުން އެ ކައުންސިލުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް