ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. އެހެންކަމުން ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 62ކަށް އަރާފައެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި ކޮވިޑަށް ފަރުވާ ކުރަމުން ދިޔަ ފިރިހެނެކެވެ. އަދި އޭނާ ނިޔާވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
އިއްޔެވެސް ކޮވިޑް ޖެހިގެން ރާއްޖެއިން މީހަކު ނިޔާވެފައި ވެއެވެ. އިއްޔެ ނިޔާވެފައި ވަނީ އުމުރުން80 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެއިން މިހާތަނަށް 19597 މީހުނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި މިހާރު 170 މީހުން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން އެބަ ގެންދެއެވެ.
ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ، ރައްކާތެރި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް