ކަރީނާގެ ހަގު ދަރިފުޅަށް ނަން ކިޔާނީ ކުރީގެ ތަޖުރިބާއިން ލިބުނު ފިލާވަޅަށް ބަލައިގެން!

ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ ޖޯޑު ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ހަގު ދަރިފުޅަށް ކިޔާނެ ނަމަކާއި ނަން ކިޔާނެ ދުވަހަކީ މިހާރު އެންމެން އެންމެ އިންތިޒާރު ކުރާ އެއް ދުވަހެވެ. ކަރީނާ ދެ ވ...

28 Feb 2021 | 03:11

ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ ޖޯޑު ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ހަގު ދަރިފުޅަށް ކިޔާނެ ނަމަކާއި ނަން ކިޔާނެ ދުވަހަކީ މިހާރު އެންމެން އެންމެ އިންތިޒާރު ކުރާ އެއް ދުވަހެވެ.

ކަރީނާ ދެ ވަނަ ދަރިފުޅު ވިހެއީ މިމަހުގެ 21 ވަނަ ދުވަހު އެވެ. މިފަހަރުވެސް ލިބުނީ ފިރިހެން ކުއްޖެކެވެ.

ހަގު ދަރިފުޅަށް ކިޔާނެ ނަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ސައިފް ބުނީ ދަރިފުޅަށް ކިޔާނެ ނަމަކަށް އާއިލާއަށް އަދި އެއްބެސްވުމަކަށް ނާދެވޭ ކަމަށެވެ. އެކަމާއި ގުޅޭގޮތުން ދެ އާއިލާގެ ދެމެދުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ބުންޏެވެ.

އެކަމަކު ދެވަނަ ދަރިފުޅަށް ނަން ކިޔާނީ ތައިމޫރަށް ނަންކިޔުމުގެ ތަޖުރިބާ އިން ލިިބުނު ފިލާވަޅުމަތިން ހަނދާންކޮށްގެން ތިބެ ކަމަށް ސައިފް ބުނެފައިވެ އެވެ.

އެ ދެމަފިރިންގެ އަލަތު ދަރިފުޅު މިހާރު އުމުރުން ހަތަރު އަހަރުގެ ތައިމޫރު އަލީ ހާންއަށް އެ ނަން ދިނުން ވެގެން ދިޔައީ މުޅި އިންޑިއާއަށް ގުޑުން އެރިކަހަލަ ކަމަށެވެ. ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް ސައިފްގެ އާއިލާ އާއި ކަރީނާގެ ކަޕޫރު އާއިލާއަށް އަމާޒުވި އެވެ.

ތައިމޫރަކީ މުސްލިމް ނަމެއްގެ ގޮތުގައި ބޭނުން ކުރާ ނަމެކެވެ. ނަމުގެ މާނައަކީ "ދަގަނޑުދަހަނާ" އެވެ. އެނަން ތައިމޫރަށް ކިޔަން ކަރީނާ ބޭނުންވީ ވަރުގަދަ އަދި ބާރުގަަ މީހެއްގެ ގޮތުގައި ސިފަ ކުރުމަށެވެ.

ސައިފްގެ ދަރިންނަށް އޭނާ ކިޔަން ބޭނުންވަނީ މުސްލިމް ނަމެވެ. އެގޮތުން އެންމެ ފުރަތަމަ ތައިމޫރަށް ކިޔަން ސައިފް ލަފާ ދިނީ ޝައިރީ ލޯބީގެ ނަމެއް ކަމަށްވާ ފާއިޒް އެވެ. އެކަމަކު އެނަމާއި ކަރީނާ ހިތްހަމަ ނުޖެހުނީ އެވެ.

ހަގު ދަރިފުޅަކީ ސައިފްގެ ހަތަރު ވަނަ ދަރި އެވެ. އޭނާގެ ކުރީގެ އަނބިމީހާއަށް ލިބިފައިވަނީ އުމުރުން 24 އަހަރުގެ ސާރާ އަލީ ހާން އާއި އުމުރުން 20 އަހަރުގެ އިބްރާހިމް އަލީ ހާން އެވެ.

ކަރީނާ އާއި ސައިފް ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް