އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އެލެސްކާގައި ފާޚާނާ ތައްޓެއްގެ މަތީގައި އިން އަންހެނެއްގެ ފޫކޮޅުގައި ސާރިދޯޅެއް ދަތް އަޅައިފިއެވެ.
މީގެ ދެތިންދުވަސް ކުރިން މި ހާދިސާ ދިމާވެފައިވަނީ ޝެނޮން ސްޓެވަންސް ކިޔާ އަންހެނަކަށެވެ.
މި އަންހެން މީހާ ބުނެފައިވާގޮތުގައި މިކަން ހިނގަން މެދުވެރިވީ އެމީހުންގެ އާއިލާއިން ގެންގުޅޭ ޖަންގަލީ ގެއަކަށް ގޮސް އުޅުމުގެ ތެރޭގައެވެ. ފާޚާނާ ތައްޔާރުކޮށްފައިވަނީ ތަންކޮޅެއް މަތީގައި ކަމުން، ތިރިއަށް ޖަންގަލީގެ ބައެއް އޮންނަކަމަށް ބުނެފައިވެއެވެ.
އެ އަންހެން މީހާ ބުނެފައިވާގޮތުގައި ތަށި މަތީގައި އިށީން ތަނުން ފޫކޮޅުގައި އެއްޗެއް ދަތް އެޅިއެވެ. ބާރަށް ހަޅޭއް ލަވައިގަތުމުން ޝެނޮންގެ ފިރިހެން ކޮއްކޮ އެތަނަށް ގޮސް ބެލި އިރު ފާހާނާ ތިރިން ސާރިދޯޅެއް ފެނުނެވެ.
މި ހާދިސާގައި މި އަންހެން މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ސަލާމަތާ ރައްކަލަށް، ހޮސްޕިޓަލަކަށް ގޮސް ފަރުވާ ހޯދިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް