ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯންސް އަކީ ކޮންބައެއްކަން ނޭނގޭ ބަޔަކު ހަބަރުތައް ބަލާ ނުވަތަ ސޯޝަލް މީޑިއާ ބޭނުން ކުރާ މީހަކަށް ނޭނގިއެއް ނުހުންނާނެ އެވެ.
ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ކައިވެނިކޮށްގެން އުޅޭތާ ތިން އަހަރުވީ އެވެ. ދެމީހުންގެ ލޯތްބާއި މީހުންގެ ސަމާލުކަން ހޯދުމަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ފޮޓޯތަކާއި ދައްކާ ވާހަކަ އަކީ ކޮންމެ ދުވަހަކުހެން އެތައް މިލިއަން ބައެއްގެ ސަމާލުކަން ލިބޭ ކަންކަމެވެ.
އެކަމަކު މިފަހަރު މީހަކަށް ނިކްގެ އަނބިމީހާ އަކީ ޕްރިޔަންކާކަން އޮޅިއްޖެ އެވެ. އެމީހާ ޓުވިޓާގައި ސުވާލެއްގެ ގޮތުގައި ލިޔެފައިވަނީ ނިކް އާއި ޖަމީލާ ޖާމިލް ވަރިވީ ހެއްޔެވެ. ޖަމީލާ އަކީ ހޮލީވުޑްގެ ކޮމިޑީ ފިލްމު ކުޅޭ އެމެރިކާއަށް ނިސްބަތްވާ މަޝްހޫރު ތަރިއެކެވެ.
އެމީހާއަށް ޕްރިޔަންކާ އާއި ޖަމީލާ އޮޅުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ. އޭނާއަށް މި ވީހާތަނަށް ބެލެވިފައި އޮތީ ނިކް ކައިވެނިކޮށްގެން އުޅެނީ ޖަމީލާ އާއި ކަމަށެވެ.
އެމީހާގެ މި ޕޯސްޓަށް ޖަމީލާ ޖަވާބުދެމުން ބުުނެފައިވަނީ ޕްރިޔަންކާ އަކީ އޭނާ އާއި ސިފަތައް އެއްވެސް ވަރަކަށް ވައްތަރު ނޫން އިންޑިއާ އަންހެނެއް ކަމަށެވެ. އަދި ޖަމީލާ ގަބޫލު ކުރަނީ ނިން އާއި ޕްރިޔަންކާ ވަރިވެފައި ނުވާ ކަމަށާއި ވަރަށް އުފަލުގައި ދެމީހުން އުޅެމުންދާ ކަމަށެވެ.
ޖަމީލާގެ މި ޓުވީޓަށް ޕްރިޔަންކާ ކުރި ކޮމެންޓުގައި ޖަހާފައިވަނީ "ލޮލް" އެކަންޏެވެ.
މިއީ ޕްރިޔަންކާ އާއި ބައެއް އެހެން ތަރިންނާއި ސިފަ އެއްގޮތް ކަމަށް ބުނެ އޮޅުނު ފުރަތަމަ ފަހަރު ނޫން ކަމަށް ވެ އެވެ.
އެގޮތުން މީގެ ކުރިން އޭބީސީ ނެޓްވޯކަށް ވަނީ ޕްރިޔަންކާ ކަމަށް ހީކޮށް އެކްޓްރެސް އަދި މޮޑެލް ޔުކްތާ މޫކޭގެ ފޮޓޯއެއް އާންމުކުރެވިފައި އެވެ. އަދި 2019 ވަނަ އަހަރު މެގަޒިން އަކުން ވަނީ ޕްރިޔަންކާ ކަމަށް ހީކޮށް އެމީހުންގެ ލިޔުމެއްގައި އެކްޓްރެސް އަދި ލިޔުންތެރިޔާ ޕަދްމާ ލަކްޝްމީގެ ފޮޓޯއެއް އާންމުކޮށްފައި އެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް